ޑޭނިއަލް ޖޭމްސް މެންޗެސްޓާ ޔުނައިޓެޑަށް ސޮއެ ކޮށްފިއެވެ.
ރިޕޯޓުތައް ބުނެފައިވާ ގޮތުގައި އުމުރުން 21 އަހަރުގެ ޑޭނިއަލް ޔުނައިޓެޑަށް ބަދަލުވަނީ 18 މިލިއަން ޕައުންޑުގެ އަގަކަށެވެ. ނިމިގެން ދިޔަ ސީޒަނުގައި އިންގިރޭސިވިލާތުގެ ޗެމްޕިއަންޝިޕުގައި، ސުވޯންސީއަށް ޑޭނިއަލް ވަނީ ކުޅުނު 33 މެޗުގައި 4 ލަނޑު ޖަހައިދީ ހަތް އެސިސްޓު ހަދާފައެވެ. ވިންގާއަކަށް ކުޅޭ ޑޭނިއަލް ފާހަގަ ކޮށްލެވިފައިވަނީ އަވަސް ކުޅުންތެރިއެއްގެ ގޮތުގައެވެ.
ނިމިގެން ދިޔަ ސީޒަން ހުސް އަތާ ނިންމާލި މެންޗެސްޓާ ޔުނައިޓެޑުން އަންނަ ސީޒަން ފެށުމުގެ ކުރިން ގިނަ ކުޅުންތެރިންތަކެއް ގެންނާނެކަމަށް ރިޕޯޓުތައް ބުނަމުން ގެންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް