މި ދުނިޔޭގައި 36 މިލިއަން މިލިއަނަރުން އުޅެއެވެ. އެހެން ނަމަވެސް މިލްކިއްޔާތުގައި މިލިއަނަކަށް ވުރެ ގިނަ ޑޮލަރު ހުރީ އެންމެ ކުކުޅެއްގެ އަތުގައެވެ.
އެއީ ގިގޫގެ ނަމުން ނަންދީފައިވާ ކުކުޅެކެވެ. މި ކުކުޅު މިހާ މުއްސަނދި ވެފައިވަނީ މި ކުކުޅުގެ ވެރިފަރާތް މަރުވިއިރު އޭނަގެ މިލްކިއްޔާތުން 15 މިލިއަން ޑޮލަރު ގިގޫއަށް ވާރުތަ ކުރުމުންނެވެ. ގިގޫގެ ވެރިފަރާތަކީ އިނގިރޭސިވިލާތުގެ ޗާޕުކުރުމުގެ ވިޔަފާރި ކުރި މިލިއަނަރެއް ކަމުގައިވާ މައިލްސް ބްލެކްވެލްއެވެ. ބްލެކް ވެލްއާއި އޭނަގެ އަންހެނުންނަކަށް ދަރިއަކު ލިބިފައެއެއް ނުވެއެވެ. އަދި ބްލެކްވެލްގެ ދިރިއުޅުމުގެ ފަހު ދުވަސްތައް ހޭދަކޮށްފައިވަނީ މަދުން އުޅޭ ޖަނަވާރުތައް އާލާކުރުމުގައެވެ. މީގެ ތެރޭގައި މަދުން އުޅޭ ކުކުޅުގެ ބާވަތެއް ވެސް ހިމެނެއެވެ. 2011 ވަނަ އަހަރު ބްލެކްވެލް މަރުވުމުން އޭނާގެ މިލްކިއްޔާތުން 15 މިލިއަން ޑޮލަރު ގިގޫ ބެލުމަށް ވާރުތަކޮށްފައިވެއެވެ. ބްލެކްވެލްގެ މިލްކިއްޔާތުން ބައެއް ވަނީ މަދުން އުޅޭ ޖަނަވާރުތައް ރައްކާތެރިކުރުމަށާއި ޖަނަވާރުންގެ ލާބައަށް ޓްރަސްޓަކަށް ވެސް ހަދިޔާކޮށްފައެވެ.
15 މިލިއަން ޑޮލަރުގެ މިލްކިއްޔާތު ގިގޫ ހޭދަކުރިގޮތެއް ވަނީ ސާފުނުވެފައެވެ. އެހެން ނަމަވެސް އެހެން ކުކުޅުތަކަށް ވުރެ އަރާމު ދިރިއުޅުމެއް ގިގޫ އުޅޭނެ ކަމާއިމެދު ޝައްކެއް ނެތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް