ފާރލެންޑް މެންޑީ ރެއާލް މެޑްރިޑަށް ސޮއި ކޮށްފި

އޮލިމްޕިކް ލިޔޯންގެ ޑިފެންޑަރު ފާރލެންޑް މެންޑީ ރެއާލް މެޑްރިޑަށް ސޮއެ ކޮށްފިއެވެ. އުމުރުން 24 އަހަރުގެ މެންޑީ ރެއާލް މެޑްރިޑާއި ގުޅިފައިވަނީ 48 މިލިއަން ޔޫރޯގެ ފީއެއް، އަދި 5 މިލިއަން ޔޫރޯގެ އެޑްއޮން...

13 Jun 2019 | 04:25

އޮލިމްޕިކް ލިޔޯންގެ ޑިފެންޑަރު ފާރލެންޑް މެންޑީ ރެއާލް މެޑްރިޑަށް ސޮއެ ކޮށްފިއެވެ.

އުމުރުން 24 އަހަރުގެ މެންޑީ ރެއާލް މެޑްރިޑާއި ގުޅިފައިވަނީ 48 މިލިއަން ޔޫރޯގެ ފީއެއް، އަދި 5 މިލިއަން ޔޫރޯގެ އެޑްއޮންސްގެ އަގަކަށެވެ. މެންޑީ ރެއާލް މެޑްރިޑަށް ސޮއެ ކޮށްފައިވަނީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނިމިގެން ދިޔަ ސީޒަން ހުސްއަތާ ނިންމާލި ރެއާލް މެޑްރިޑުން ދަނީ ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުންގިނަ ކުޅުންތެރިންތަކެއްގެ ގެންނަމުންނެވެ. މި ގޮތުން މި ޓްރާންސްފާ މާކެޓުގައި މިހާތަނަށް ރެއާލް މެޑްރިޑަށް ގެނެސްފައިވާ ކުޅުންތެރިންތަކުގެ ތެރޭގައި އެޑާ މިލިޓާއޯ، ލޫކަ ޖޯވިކް އަދި އެޑެން ހަޒާޑް ހިމެނެއެވެ.

ނިމިގެން ދިޔަ ސީޒަނުގައި މެންޑީ ވަނީ ލިޔޯން އަށް ލީގު 1 ގައި 30 މެޗު އަދި ޗެމްޕިއަންސް ލީގުގައި އަށް މެޗު ކުޅެދީފައެވެ. އަދި މީގެ އިތުރުން ފްރާންސްގެ ގައުމީ ޓީމަށް މެންޑި ވަނީ މިހާތަނަށް ހަތަރު މެޗެއް ކުޅެދީފައެވެ.

މެންޑީ ގެނައުމާއެކު ބްރެޒިލްގެ ތަރި މާސެލޯ ރެއާލް މެޑްރިޑުގައި މަޑު ކުރާނެ ކަމާމެދު ސުވާލު ވަނީ އުފެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް