ވެލިދޫ ފެސިލިޓީގައި ދެ މީހަކު އެކަހެރިވި މައްސަަލަ ބަލަނީ ޝަކުވާއެއްގެ ގޮތުގައި!

އއ. ވެލިދޫ ރިސޯޓުގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިޓީގައި ދެމީހަކު އެކަހެރިވި މައްސަލައެއް ފުލުހުން ޝަކުވާއެއްގެ ގޮތުގައި ބަލަން ފަށާފައިވާ ކަމަށް ބުނެފި އެވެ. އެ ފެސިލިޓީ އާއި ހަވާލުވެ ހުންނެވި ސި...

12 May 2020 | 20:23

އއ. ވެލިދޫ ރިސޯޓުގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިޓީގައި ދެމީހަކު އެކަހެރިވި މައްސަލައެއް ފުލުހުން ޝަކުވާއެއްގެ ގޮތުގައި ބަލަން ފަށާފައިވާ ކަމަށް ބުނެފި އެވެ.

އެ ފެސިލިޓީ އާއި ހަވާލުވެ ހުންނެވި ސިފައިންގެ ވެރިއާ އާއި އެ ފެސިލިޓީގައި މަސައްކަތް ކުރާ އަންހެން ޑޮކްޓަރަކު ރޭގަނޑު ދަންވަރު އެކަހެރިވި މައްސަލައެއް ވަނީ ފެންމަތިވެފައި އެވެ. އެކަން ފަޅާއަރާފައިވަނީ އެ ޑޮކްޓަރު ސިފައިންގެ ވެރިޔާގެ ކޮޓަރިން ރޭގަނޑު ދަންވަރު ނިކުމެގެން ދަނިކޮށް ސެކިއުރިޓީ ބަލަހައްޓާ ފުލުހުންނަށް ފެނުމުންނެވެ.

ފުލުހުން މިއަދު ހެނދުނު ބުނީ އެ ފެސިލިޓީގައި ޖިނާއީ ކުށެއް އަދި ޖިންސީ ފުރައްސާރައިގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައި ނުވާ ކަމަށެވެ. އަދި އެ ފަދަ މައްސަލައެއް ފުލުހުން އަމިއްލައަށްވެސް ބަލަމުން ނުދާ ކަމަށެވެ.

އެކަމަކު ފަހުން ފުލުހުންގެ މީޑިއާއިން ބުނީ އެ ރަށުގައި ދެމީހަކު ރޭގަނޑު ދަންވަރު އެކަހެރިވި ކަމުގެ ޝަކުވާއެއް ހުށަހެޅިފައިވާ ކަމަށެވެ. އެކަމާ ގުޅޭގޮތުން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

އިތުރު ތަފްސީލް ދީފައެއް ނުވެ އެވެ.

ކަރަންޓީން ފެސިލިޓީތަކުގައި އުޅޭ މީހުން އެއް ކޮޓަރިން އަނެއް ކޮޓަރިއަށް ދިއުމަކީ މަނާ ކަމެކެވެ. އެއީ ކޯވިޑް ފެތުރުނަ ނުދިނުމަށް އަމަލު ކުރަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް