ކުރިއަށް މިދާ ބަރަކާތްތެރި ރަމަޟާން މަހު އާންމު މިންގަނޑަށް ނުފެތޭ ގޮތަށް ހެދުން އެޅި 39 ކަނބަލަކަށް އިންޑޮނޭޝިޔާގެ އިސްލާމިކް އެފެއާޒް އިން އިންޒާރު ދީފި އެވެ.
އެ ކަނބަލުންނަށް އިންޒާރު ދީފައިވަނީ އެކަން ބެލުމަށް އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައެވެ. އެގޮތުން މި އޮޕަރޭޝަނުގައި 70 ފުލުހުން ބައިވެރިވިކަމަށް އިންޑޮނޭޝިޔާގެ އިސްލާމިކް އެފެއާޒުން ބުނެފައިވެއެވެ.
އެގޮތުން ރޭ ހަތެއް ޖަހަންދެން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި 37 ކަނބަލަކަށް އިންޒާރު ދީފައިވާއިރު އެފަދަ ހެދުމެއް ދެން ނުލުމަށް އަށް ކަނބަލަކަށް އަންގާފައިވެއެވެ. އަދި ދެންތިބި ކަނބަލުން އިސްލާމިކް އެފެއާޒަށް ހާޒިރުވެ ކައުންސިލް ސެޝަންތަކެއްގައި ބައިވެރިވުމަށް ނޯޓިސް ދީފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ގަޔަށް ބާރު ހެދުމާއި ކުރު ހެދުންލީ ކަނބަލުން ކަމަށް ބުނެފައިވެއެވެ.
އިންޑޮނޭޝިޔާގެ އިސްލާމިކް އެފެއާޒުން ބުނެފައިވާގޮތުގައި މި ރަމަޟާން މަހު ކުރިއަށް އޮތް ދުވަސްތަކުގައިވެސް މިފަދަ އޮޕަރޭޝަންތައް ކުރިއަށްގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް