އެމްއެމްސީ އަށް ހުށަހެޅޭ ޝަކުވާތަކާއި މެދު ފިޔަވަޅު އެޅުމާއި ބެހޭގޮތުން ޕީޖީ އާއި މަޝްވަރާކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ހުށަހެޅޭ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުމުގެ ޤަވާއިދާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ޕްރިސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އާއި މިއަދު ބައްދަލުކުރައްވައިފ...

13 May 2019 | 10:00

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ހުށަހެޅޭ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުމުގެ ޤަވާއިދާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ޕްރިސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

އެމްއެމްސީ އިން ބުނީ، މި ބައްދަލުވުމުގައި އެ ކައުންސިލުގެ ގާނޫނުގެ 28 ވަނަ މާއްދާއަށް އަމަލު ކުރުމާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެއްވި ކަމަށެވެ.

މި ބައްދަލުވުމުގައި ޕީޖީ އޮފީހުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އާއި އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް