ޔާމީނާއި ދެކޮޅަށް ޕީޖީ އިން ސުޕްރީމް ކޯޓުގައި މައްސަލައެއް އިސްތިއުނާފްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ދެކޮޅަށް ސުޕްރީމް ކޯޓުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން މައްސަލައެއް އިސްތިއުނާފް ކޮށްފިއެވެ. މި މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފައިވަނީ ބުރާސްފަތި ...

13 May 2019 | 09:38

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ދެކޮޅަށް ސުޕްރީމް ކޯޓުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން މައްސަލައެއް އިސްތިއުނާފް ކޮށްފިއެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ 10:15 އަށެވެ. ސުޕްރީމް ކޯޓުން ތާވަލްކޮށްފައިވާ ޝެޑިއުލްގައި ބުނެފައިވަނީ، ޕީޖީ އިން ޔާމީނާއި ދެކޮޅަށް މައްސަލަ ހުށަހަޅާފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. މީގެ އިތުރަށް އިތުރު ތަފްސީލެއް ޕީޖީ އިން ދީފައެއް ނުވެއެވެ.

މީގެ ކުރިން ޔާމީންގެ ބޭންކް އެކައުންޓްތައް ކޯޓު އަމުރެއްގެ ދަށުން ވަނީ ފްރީޒް ކޮށްފައެވެ. އަދި ޔާމީނުގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން އެމަނިކުފާނު ޝަރީއަތް ނިމެންދެން ބަންދު ކުރަން ވެސް ކްރިމިނަލް ކޯޓުން ކުރިން ވަނީ އަމުރެއް ނެރެފައެވެ. ނަމަވެސް އޭގެ ފަހުން ހައި ކޯޓުން ވަނީ އެކައުންޓް ފްރީޒްކުރި އަމުރާއި، އެމަނިކުފާނު ޝަރީއަތް ނިމެންދެން ބަންދުކުރި އަމުރު ބާތިލްކޮށްފައެވެ.

ޔާމީންގެ މައްޗަށް ޕީޖީ އިން ސުޕްރީމް ކޯޓުގައި މައްސަލައެއް އިސްތިއުނާފް ކުރިއިރު، މިހާރުވެސް އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ދައުވާއެއްގެ މައްސަލަ ކްރިމިނަލް ކޯޓުން ދަނީ ބަލަމުންނެވެ. އެއީ މަނީ ލޯންޑަރިންގެ ދައުވާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް