ކުރީގެ ވެސްޓް ޕާކް ސަރަހައްދުގައި ގާއިމް ކޮއްފައިވާ ވަގުތީ މާރުކޭޓުން ގޮޅިދޫކުރުމަށް ހަމަޖައްސައިފިއެވެ.
ގޮޅި ދޫކުރުމަށް ހަމަޖެހިފައިވަނީ އެއް މަސްދުވަހުގެ މުއްދަތަށެވެ.
މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލްއިން ކޮއްފައިވާ އިއުލާނުގައި ބުނެފައިވަނީ މި ސަރަހައްދުގައި ގާއިމް ކޮއްފައިވާ ވަގުތީ މާރުކޭޓުން ގޮޅިބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭބައިން (ތައިސޭކޮށި) ގޮޅިއަށް އެދޭ ފޯމް ނަންގަވައި ފުރުއްވުމަށްފަހު 15 މެއި 2019 ވަނަ ދުވަހުގެ 12:00 ގެ ކުރިން އާންމު ހިދުމަތްތަކާ ބެހޭބަޔަށް ފޯމް ހުށަހެޅުމަށެވެ.
މި ސަރަހައްދުގައި ގާއިމް ކޮއްފައިވާ ވަގުތީ މާރުކޭޓާކީ ރަމަޟާން މަހާ ގުޅިގެން ރަށްރަށުން މާލެ އަންނަ ދަނޑުވެރިން ގެންނަ ކަރާ، ކުރުނބާ، ކާށި އަދި ގަބުޅި ފަދަ ތަކެތި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ގަންނަން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން ގާއިމް ކޮއްފައިވާ މާރުކޭޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް