އޯލެވެލް އިމްތިހާނުގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަތުން މާދަމާއިން ފެށިގެން

2019 ވަނަ އަހަރުގެ އޮކްޓިބަރު، ނޮވެމްބަރުގައި ބޭއްވުމަށް ޖަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިޙާނުގެ ނޯމަލް އެންޓްރީގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަތުން 20...

13 May 2019 | 08:52

2019 ވަނަ އަހަރުގެ އޮކްޓިބަރު، ނޮވެމްބަރުގައި ބޭއްވުމަށް ޖަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިޙާނުގެ ނޯމަލް އެންޓްރީގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަތުން 2019 މޭ 14 އިން ފެށިގެން 2019 ޖޫން 11 ވަނަ ދުވަހު ކުރިއަށް ދާނެ ކަމަށް އިއުލާން ކޮށްފިއެވެ.

އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަތުން ކުރިއަށް ދާނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުންނެވެ.

އެ ޑިޕާޓްމަންޓުން މިއަދު ނެރުނު އިއުލާނެއްގައި ވަނީ، ސެންޓަރުތަކުން ބައިވެރިވާ ކެންޑިޑޭޓުން އެޕްލިކޭޝަން ހުށަހަޅާނީ މި މުއްދަތުގައި އެސެންޓަރު ތަކަށް ކަމަށެވެ.

މީގެ އިތުރުން ފޯމު ދޫކުރުމާއި، ފޯމު ޗެކު ކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 ން 13:30 އަށް ކަމަށާއި، ރަމަޟާން މަހުގައި ފޯމު ބަލައިގަންނާނީ 09:00 ން 12:45 އަށް ކަމަށް ވެސް އެ ޑިޕާޓްމަންޓުން އިއުލާނުކޮށްފައި ވެއެވެ.

ފޯމު ހުށަހަޅުއްވާ އިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނައުމަށް އެ ޑިޕާޓްމަންޓުން ވަނީ ޝަރުތުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް