ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއި އެކީ ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއި އެކީ ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ، މިތަކެތި އަތުލައިގަތީ ރޭ ދަންވަރު އެފްއެސްއެމް ފިއުލް ޝެޑް ކައިރިން ޑިންގީ އެއްގައި ގެނެސް ޓެކް...

13 May 2019 | 08:20

ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއި އެކީ ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މިތަކެތި އަތުލައިގަތީ ރޭ ދަންވަރު އެފްއެސްއެމް ފިއުލް ޝެޑް ކައިރިން ޑިންގީ އެއްގައި ގެނެސް ޓެކްސީ އަކަށް އަރުވައިގެން ދަނިކޮށް ކަމަށެވެ. ފުލުހުން އެ ޓެކްސީ ހުއްޓުވީ ހުޅުމާލެ ސިވިލް ކޯޓު ކައިރިން ރޭ ދަންވަރު 3:52 ހާއިރު ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

މިތަކެތި ހުތީ ފޮށި ތަކެއްގައި ބަންދުކޮށްފައި ކަމަށާއި، ޖުމްލަ 60 ފުޅި ބަނގުރާ އެ ފޮށިތަކުން ފެނިފައި ވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ޓެކްސީގައި ތިބި ދެމީހުންގެ ތެރެއިން ޑްރައިވަރު ވަނީ ފިލާފައި ކަމަށެވެ. އަދި ހައްޔަރު ކުރެވުނު 39 އަހަރުގެ ބަންގްލަދޭޝް މީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށްވެސް ފުލުހުން އިތުރަށް ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް