50 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމް ކުރަނީ

މި އަހަރުގެ ތެރޭގައި 50 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމް ކުރައްވާނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ. މަހުލޫފް ކޮއަފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ކުރެންދޫގައި އޮތް ކަހަލަ ރީތ...

13 May 2019 | 07:42

މި އަހަރުގެ ތެރޭގައި 50 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމް ކުރައްވާނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް ކޮއަފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ކުރެންދޫގައި އޮތް ކަހަލަ ރީތި ފުޓުބޯޅަ ދަނޑެއް އެޅުމަށް ގިނަ ރަށްރަށުގައި ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އަންހެން ބޭފުޅުން އެދިވަޑައިގަންނަވަނީ އައުޓްޑޯ ޖިމް ކަމަށެވެ. އަދި އިރާދަ ކުރެއްވިއްޔާ މި އަހަރު 50 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމް ކުރެވޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އަދި ކުޅިވަރުގެ އިތުރުން މުޖުތަމައު ބާރުވެރި ކުރުވުމަށް ރަނގަޅު ޕްރޮގްރާމެއް އެކުލަވާލަމުން ދާކަމަށްވެސް މި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ކުރިއަށް އޮތްތަނުގައި 100 ފުޓުބޯޅަ ދަނޑު އެޅުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި މި ދަނޑުތައް ބެލެހެއްޓުމަކީ އުނދަގު ކަމަކަށް ވެދާނެތީ ދަނޑުތައް ތަރައްގީ ކުރާނީ ޓާފް އަޅައިގެން ކަމަށް މަހުލޫފް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ދަނޑު އަޅާނެ ރަށްތައް ކަނޑައެޅިފައިނުވާ ކަމަށް ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް