ލޯކަލް މާރުކޭޓުގައި ލެޓިއުސްގެ އަގު ވަރަށް ބޮޑަށް ހެޔޮ ވެއްޖެއެވެ.
ރޯދަމަސް ފެށުނުއިރު 160 ރުފިޔާއަށް ވިއްކި ލެޓިއުސް، މިއަދު ލޯކަލް މާރުކޭޓުގައި ހުރީ 80 ރުފިޔާއަށެވެ.
ލެޓިއުސް އަކީ އާންމުގޮތެއްގައި ވަރަށް ގިނައިން ވިކޭ ފަތުގެ ބާވަތެކެވެ. ވިޔަފާރިވެރިން ބުނަނީ އަދިވެސް ލެޓިއުސްގެ އަގު މިއަށްވުރެ ހެޔޮ ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މީގެ އިތުރުން ކަރަލުގެ އަގުވެސް ވަނީ ތިރިވެފައެވެ. މިއަދު ބާޒާރުގައި ކަރާ ކިލޯއެއް 20 ރުފިޔާއަށް ލިބޭއިރު، މިރުސް ކިލޯއެއް 50 ރުފިޔާ އަށް ވެސް ލިބެން އެބަހުއްޓެވެ. މީގެ އިތުރުން ކޮޕީ ފަތެއް 2 ރުފިޔާ އަށް ލިބެން އެބަހުއްޓެވެ.
މިއަދު މާރުކޭޓުގެ އަގުތައް ހުރީ ހަމަ ގާތްގަނޑަކަށް އިއްޔެ އާއި އެއް އަގުތަކެއްގައެވެ. އަގުތަކަށް މާ ބޮޑު ތަފާތެއް އައިސްފައި ނުވާކަމަށް ފާހަގަކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް