އީރާނު ބޯޓު އަދިވެސް ބަލާ ނުނިމޭ

މިދިޔަ އަންގާރަ ދުވަހު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅުނު އީރާނުގެ ބޯޓު އަދިވެސް ބަލާ ފާސްކޮށް ނުނިމޭ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލް ފ...

13 May 2019 | 07:19

މިދިޔަ އަންގާރަ ދުވަހު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅުނު އީރާނުގެ ބޯޓު އަދިވެސް ބަލާ ފާސްކޮށް ނުނިމޭ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލް ފުލުހުން ނުދޭއިރު، މި މައްސަލަ އާއި ގުޅިގެން ފުލުހުން ވަނީ ބޯޓުގެ ހަތް ފަޅުވެރިއަކު ހައްޔަރުކޮށްފައެވެ. އެމީހުންގެ ބަންދަށް ވަނީ ފަނަރަ ދުވަހުގެ މުއްދަތެއް ޖަހާފައެވެ.

ފުލުހުންނާއި ކޯސްޓްގާޑުން ހިންގި ޖޮއިންޓް އޮފަރޭޝަނެއްގައި މި ބޯޓު ހިފަހައްޓާފައިވަނީ ބ. އަތޮޅުގެ ހުޅަނގުން 126 މޭލު ބޭރުންނެވެ.

މި ބޯޓުން ގާތްގަނޑަކަށް 51 ކިލޯގެ މަސްތުވާތަކެތި ފެނިފައި ވާކަމަށް މީގެ ކުރިން ފުލުހުން ވަނީ ވިދާޅުވެފައެވެ. މި ބޯޓުގައި މަސްތުވާތަކެތި ފޮރުވާފައިހުރީ ކޮމްޕާޓްމެންޓްސް ތަކުގައި އިތުރު ފައިބަރު ލޭޔާއެއް އަޅައިގެން ނުފެންނަ ގޮތަށް ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް