ފަރުތަކުގެ ގާ ހުދުވާނެ ކަމަށް ލަފާ ކުރެވޭތީ ފަރުތަކަށް އެއްވެސް އުނދަގުލެއްވާ ފަދަ ކަމެއް މި ވަގުތު ނުކުރުމަށް މޯލްޑިވްސް މެރިން ރިސާޗް ސެންޓަރުން އެދިއްޖެއެވެ.
އެ ސެންޓަރުން ބުނެފައިވަނީ ސެޓަލައިޓް މައުލޫމާތަށް ބަލާއިރު ފަރުތައް ހުދުވުމުގެ މައްސަލާގައި މިވަގުތު ރާއްޖޭގައި އޮތް "ވޮޗް ލެވެލް" ނުވަތަ ދެވަނަ ގިންތި ކުރިއަށް އޮތް ހަފްތާގައި އިންޒާރުގެ ގިންތި އަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އެ ސެންޓަރުން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފަރުތަކުން ގާހުދުވުމުގެ ހާދިސާތައް ފޯކާސްޓްކޮއްފައިވާ މި ދުވަސްވަރުގައި ފަރުތަކަށް ސްޓްރެސް ބޮޑުވާފަދަ އެންމެހައި މަސައްކަތްތައް ވަގުތީގޮތުން މަޑުޖައްސާލުމަށް އިލްތިމާސް ކުރާ ކަމަށެވެ. އެގޮތުން ފަޅުފުންކުރުމާއި، ބިންހިއްކުމާއި ބީޗް ނަރިޝިން ފަދަ ކަންކަން މިދުވަސްވަރު ނުކޮށް މަޑުޖައްސާލުމަށް ވަނީ ބުނެފައެވެ.
މީގެއިތުރުން އެ ސެންޓަރުން ބުނެފައިވަނީ ގާހުދުވާކަން ފާހަގަކުރެވޭނަމަ އެފަދަ މައްސަލަތައް ރިޕޯޓްކުރުމަށް ހާއްސަ ފޯމް މެދުވެރިކޮށް އެކަން ހުށަހެޅުމަށް އެދޭ ކަމަށާއި، އެ ފޯމު ފުރުމަށްފަހު ފޮނުވަން ޖެހޭނީ [email protected] އަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް