ސްރީލަންކާގައި އަނެއްކާ ވެސް ބައެއް ސޯޝަލް މީޑިއާތައް ބްލޮކްކޮށްފި އެވެ.
ލަންކާގެ އިންފޮމޭޝަން ޑިޕާޓްމެންޓުން ބުނެފައިވަނީ އެ އެޕްތައް ބްލޮކް ކުރަން ނިންމާފައިވަނީ އިއްޔެ ގައުމުގެ ޗިލޯގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ސައްހަ ނޫން މައުލޫމާތު ފެތުރުން ހުއްޓުވުމަށްޓަކައި ކަމަށެވެ.
ފޭސްބުކްގައި އުފެދުނު ދެބަސް ވުމަކާ ގުޅިގެން ޗިލޯގައި ފެށުނު އެ ހަމަ ނުޖެހުމުގެ ތެރެއިން ބަޔަކު ވަނީ މިސްކިތްތަކަށާއި މުސްލިމުން ހިންގާ ފިހާރަތަކަށް ގެއްލުން ދީފައެވެ. އަދި މިކަމާ ގުޅިގެން ފޭސްބުކްގައި ހަމަނުޖެހުމަށް މަގުފަހިވާ ފަދަ ވާހަކަ ދެއްކި މީހާ މިހާރު ވަނީ ހައްޔަރު ކޮއްފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ލަންކާއަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ކުރިންވެސް ވަނީ ބައެއް ސޯޝަލް ނެޓްވޯކްތަކާއި މެސެޖިން އެޕްތައް ބޭނުން ނުކުރެވޭ ގޮތް ހަދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް