ޓެކްސީތައް އެއް ޑިޒައިނަކަށް ބަދަލު ކުރަނީ

މާލޭގައި ދުއްވާ ހުރިހާ ޓެކްސީއެއް އެއް ޑިޒައިނަކަށް ބަދަލު ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފި އެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވީ ބައެއް ޓެކްސީތައް ވަ...

13 May 2019 | 06:13

މާލޭގައި ދުއްވާ ހުރިހާ ޓެކްސީއެއް އެއް ޑިޒައިނަކަށް ބަދަލު ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވީ ބައެއް ޓެކްސީތައް ވަރަށް ބޮޑަށް ބާވެ ކުލަ ވެއްޓިފައިވާ ކަމަށާއި ހުރިހާ ޓެކްސީއެއް ވެސް އެއް ޑިޒައިނަކަށް ބަދަލު ކުރަން މިނިސްޓްރީއިން ވިސްނާކަމަށެވެ. އަދި އެކަން ކުރާނީ ކުއްލިއަކަށް ނޫން ކަމަށާއި އެ ބަދަލު ގެންނައިރު ޓެކްސީ ޑްރައިވަރުންނަށް ވަގުތު ދޭނެ ކަމަށް އާދިލް ވިދާޅުވިއެވެ.

އަދި މި ރޯދަ މަސް ނިމުމުން ޓެކްސީތަކުގެ ސާވޭ ކުރުމުގެ މަސައްކަތްވެސް ފަށާނެ ކަމަށް ވެސް އާދިލް ވިދާޅުވިއެވެ.

މީގެއިތުރުން މިހާރު ދުއްވާ ބައެއް ޓެކްސީ ތަކަކީ ސަލާމަތާއި ރައްކާތެރިކަމަށް ނުފެތޭ އަދި ދުއްވަން ހެޔޮވާވަރުގެ ޓެކްސީތަކެއް ނޫން ކަމަށާއި ޓެކްސީތަކަށް ބަދަލު ގެންނަ އިރު އެކަންކަމަށް ވެސް ސަމާލުކަން ދޭނެ ކަމަށް އާދިލް ފާހަގަ ކުރިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް