ދުވަހުގެރެސްޓޯރެންޓް: ތްރީ އިން ހުޅުމާލެ- ޝެއާ ކުރައްވައިގެން ހުޅުމާލެ މި ގެސްޓް ހައުސްއިން ދެބޭފުޅަކަށް ރޯދަ ވީއްލުމުގެ ފުރުސަތު

ދުވަހުގެ ރެސްޓޯރެންޓް ސެގްމެންޓްގައި މިއަދު މި ގެނެސްދެނީ ތްރީ އިން ރެސްޓޯރެންޓެވެ. ހުޅުމާލޭގައި ހުންނަ މި ރެސްޓޯރެންޓަކީ ވަރަށް ހިތްގައިމު ރެސްޓޯރެންޓެކެވެ. މި ރެސްޓޯރެންޓްގެ އިފްތަރް މެނޫތަކަށް ބަލަ...

13 May 2019 | 05:57

ދުވަހުގެ ރެސްޓޯރެންޓް ސެގްމެންޓްގައި މިއަދު މި ގެނެސްދެނީ ތްރީ އިން ރެސްޓޯރެންޓެވެ. ހުޅުމާލޭގައި ހުންނަ މި ރެސްޓޯރެންޓަކީ ވަރަށް ހިތްގައިމު ރެސްޓޯރެންޓެކެވެ.

މި ރެސްޓޯރެންޓްގެ އިފްތަރް މެނޫތަކަށް ބަލައިލާއިރު، ޖުމްލަ 4 މެނޫއެއް އެކުލަވާލައިފައި ވެއެވެ. ކޮންމެ މެނޫއެއްވެސް ލިބެނީ 199 ރުފިޔާއަށެވެ. އެގޮތުން ހަފްތާގެ ކޮންމެ ދެ ދުވަހަކަށް ހާއްސަ މެނޫ އެއް ވާއިރު، ހުކުރު ދުވަހަށް ތަފާތު ހާއްސަ މެނޫއެއް ވެއެވެ. އަދި މި މެނޫ ތަކުގައި ދިވެހި ކެއުންތަކުގެ އިތުރުން އިޓަލިއަން އަދި އިންޑިއަން ކެއުންތައްވެސް ހިމެނެއެވެ.

މީގެއިތުރުން 10 ބޭފުޅުންނަށް ބުކިންގް ހައްދައިފި ނަމަ ހިލޭ އިތުރު އެކަކުގެ ކެއުން ލިބޭނެއެވެ. އަދި 20 ބޭފުޅަކަށް ބުކިންގް ހައްދައިފިނަމަ ހިލޭ އިތުރު ތިން މީހުންނަށް ކެއުން ލިބޭއިރު ތިން އަހަރުން ދަށުގެ ކޮންމެ ކުޑަ ކުއްޖަކަށް ހިލޭ ކެއުން ލިބޭނެއެވެ.

ރޯދަ ވީއްލުން ބުކް ކުރުމަށް 7220303 ނުވަތަ 3350303 ނަންބަރަށް ގުޅާލުމުން ބުކް ކޮއްލެވޭނެއެވެ.

މިހާ ހިސާބުން ތްރީއިން ރެސްޓޯރެންޓްގެ މެނޫތައް ހިއްސާކޮށްލާނަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް