މީހުންނާއި އެކު މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައިފި

އއ. ތޮއްޑޫ ކައިރިން މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި ބަޔަކު ކަނޑުވެއްޖެ އެވެ. އެމްއެންޑީއެފުން ބުނީ އެ ދޯނި ބަންޑުން ޖަހާލިކަމުގެ ރިޕޯޓު ލިބިފައިވަނީ މިރޭ 7:00 އެހާއިރު އެވެ. "މަސް ނަނު" ކިޔާ މި...

13 May 2018 | 18:35

އއ. ތޮއްޑޫ ކައިރިން މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި ބަޔަކު ކަނޑުވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އެ ދޯނި ބަންޑުން ޖަހާލިކަމުގެ ރިޕޯޓު ލިބިފައިވަނީ މިރޭ 7:00 އެހާއިރު އެވެ. "މަސް ނަނު" ކިޔާ މި ދޯނި ބަންޑުން ޖަހާލީ ތޮއްޑޫގެ އުތުރުން ތިން މޭލު ބޭރުންނެވެ.

ދޯނި އަޑިއަށް ދިޔަ އިރު ފަސް މީހުން ތިއްބެވެ. އެ މީހުން ކަނޑުމަތިން ނަގާފައިވަނީ އެ ސަރަހައްދަށް ދިޔަ ފުލުހުންގެ ލޯންޗަކުންނެވެ. އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

މި ދޯނި ދަތުރު ކުރަމުން ދިޔައީ މާލެއިން ފުރައިގެން ބ.ސޮނެވާފުއްޓަށް މުދާ ބަރުކޮށްގެންނެވެ. އެމްއެންޑީއެފުން ވަނީ އެ ދޯނީގައި ހުރި މުދާތައް އޮޔާދާތީ އެސަރަހައްދުން ދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް