މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މުވައްޒަފުންތަކެއް ވަކިކުރަން އުޅޭ ކަމަށް ބުނެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
އަމީތު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ކުންފުނީގައި މަސައްކަތް ކުރަމުންދާ 75 މުވައްޒަފަކު ވަޒީފާއިން ކަނޑާލަން ނިންމައި ނޯޓިސް ދީފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކުރިޔަށް އޮތީ ރޯދަ މަސް ކަމަށާއި މިއީ މުވައްޒަފުންނާއި ދޭތެރޭ ވެވޭ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ.
އޭނާ ވިދާޅުވީ ހަލާލު ގޮތުގައި ވަޒީފާ އަދާ ކުރާ މުވައްޒަފުންގެ ހައްގުތައް މިގޮތަށް ނަގާލެވިގެން ނުވާނެ ކަމަށެވެ.
https://twitter.com/MohamedAmeeth/status/995384236898045952
މިކަމާ ގުޅޭގޮތުން އެމްއޭސީއެލްއިން އެއްވެސް އެއްޗެއް ހާމަ ކުރާކަށް ބޭނުމެއް ނުވެ އެވެ. އެކަމަކު އެ ކުންފުނީގެ ބައެއް މުވައްޒަފުން ވަނީ އެއީ ތެދެއްކަން ކަށަވަރުކޮށްދީފަ އެވެ.
އެގޮތުން ނޯޓިސް ދީފައިވާ ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލެވޭ މުއްދަތެއްގެ ގޮތުގައި ރޯދަ މަސް ނިމުމުން ޖަހާފައިވާ ކަމަށް ބުނެފައިވެ އެވެ. މި މުވައްޒަފުން ވަޒީފާއިން ވަކި ކުރާ ސަބަބެއް ނޭނގެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް