ސަލްމާންގެ "ދަބަންގް 3" އަށް މިވާގޮތެއް ނޭނގުނު

އަންނަ އަހަރު ޖެނުއަރީ 25 ގައި ރިލީޒް ކުރުމަށް ހަމަޖެހިފައި އޮތް ސަލްމާން ހާންގެ "ދަބަންގް 3"ގެ މަސައްކަތް ކުރިޔަށް ދާގޮތް އޮޅުން އަރަން ފަށައިފި އެވެ. ރިޕޯޓުތައް ބުނާގޮތުގައި ކުރިން ހަމަޖެހިފައި އޮތީ...

13 May 2018 | 04:53

އަންނަ އަހަރު ޖެނުއަރީ 25 ގައި ރިލީޒް ކުރުމަށް ހަމަޖެހިފައި އޮތް ސަލްމާން ހާންގެ "ދަބަންގް 3"ގެ މަސައްކަތް ކުރިޔަށް ދާގޮތް އޮޅުން އަރަން ފަށައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ކުރިން ހަމަޖެހިފައި އޮތީ ސަލްމާންގެ "ރޭސް 3" ގެ ޝޫޓިން ނިންމާލުމަށް ފަހު މި ހަފްތާ ތެރޭގައި "ދަބަންގް 3" ގެ ޝޫޓިން ފަށާގޮތަށެވެ. އެކަމަކު ސަލްމާން "ރޭސް 3" އަދި "ދަސް ކާ ދަމް" ގައި މާ ބުރަކޮށް އުޅޭތީ "ދަބަންގް 3" ގެ މަސައްކަތް އެހާ އަވަހަށް ފެށެން ނެތް ކަމަށް އޭނާގެ ގާތް މީހަކު ބުނެފައިވެ އެވެ.

އެހެންވެ އެ ފިލްމުގެ ޝޫޓިން މިހާރު ފަށަން ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެވެ. އަދި ފިލްމު ރިލީޒް ކުރެވޭނެ ދުވަހެއް ނޭނގެ އެވެ. "ދަބަންގް 3" ގެ މަސައްކަތް ތާވަލު ކުރެވިފައި ވަނިކޮށް ކުއްލިއަކަށް ސަލްމާން ވަނީ އޭނާ ސޮއިކޮށްފައިވާ ޕްރިޔަންކާ އާއި އެކު ފެނިގެންދާނެ "ބާރަތް" ގެ މަސައްކަތްތަކެއްވެސް ކޮށްފަ އެވެ.

އެކަމަކު "ދަބަންގް 3" ގެ މަސައްކަތް ލަސްވަމުން މިދާ ސަބަބެއް ނޭނގޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މި ފިލްމުގައި ސަލްމާން އާއި އެކު ފެނިގެންދާނީ

މި ފިލްމު އަންނަ އަހަރުގެ ޖެނުއަރީ 25 ގައި ރިލީޒް ނުކުރާނަމަ އެކަމުން އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބޭނީ ރިތިކް ރޯޝަން އަށެވެ. އެއީ ހަމަ އެދުވަހު ރިތިކް ގެ "ސުޕާ 30" ރިލީޒް ކުރުމަށް ހަމަޖެހިފައިވާތީ އެވެ.

މިދިޔަ އަހަރުވެސް ރިތިކަށް ވަނީ މި މައްސަލަ ކުރިމަތިވެފަ އެވެ. ރިތިކް ގެ "ކާބިލް" އާއި ޝާރުކް ހާންގެ "ރައީސް" އެއް ދުވަހެއްގައި ރިލީޒް ކުރަން ޖެހުމުން ދެ ތަރިންގެ މެދުގައި ހިތްހަމަ ނުޖެހުންތަކެއް އުފެދިފައިވެ އެވެ،

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް