މެޑަމް ފާތުންގެ ފައުންޑޭޝަނުން ރޯދައަށް ކަދުރު ބަހަން ފަށައިފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމްގެ ސަދަގާތު ފައުންޑޭޝަނުން މިއަހަރުވެސް ރޯދަ މަހާއި ދިމާކޮށް ކަދުރު ބަހަން ފަށައިފި އެވެ. މިފަހަރު ކަދުރު ބެހުމަށް ޕީޕީއެ...

13 May 2018 | 03:06

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމްގެ ސަދަގާތު ފައުންޑޭޝަނުން މިއަހަރުވެސް ރޯދަ މަހާއި ދިމާކޮށް ކަދުރު ބަހަން ފަށައިފި އެވެ.

މިފަހަރު ކަދުރު ބެހުމަށް ޕީޕީއެމްގެ ބައެއް މަޖިލީސް މެންބަރުންނާއި އިސް ހަރަކާތްތެރިން ދަނީ މުޅި މާލޭގައި ހަރަކާތްތެރިވަމުންނެވެ. އެގޮތުން ހުޅުމާލެ، ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދާއި، މާރުކޭޓު ސަރަހައްދާއި ގިނައިން މީހުން އެއްވާ ސަރަހައްދުތަކަށް ގޮސް އެބޭބޭފުޅުން ގެންދަވަނީ މެޑަމް ފާތުންގެ ފަރާތުން ރައްޔިތުންނަށް ކަދުރު ހަދިޔާ ކުރަމުންނެވެ.

އެ ފައުންޑޭޝަނުން ބުނީ މާލޭގެ އިތުރުން އަތޮޅު ތެރޭގެ ރަށްތަކަށްވެސް މިއަހަރު ކަދުރު ފޮނުވާނެ ކަމަށެވެ. އެކަމަކު މިއީ ކިހިނެތް ލިބިފައިވާ ކަދުރެއް ކަމެއް ހާމައެއް ނުކުރެ އެވެ.

މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު ސައުދީ ސަރުކާރުން ދިވެހިންނަށް ބަހަން ދިން ކަދުރު މެޑަމް ފާތުންގެ ސަދަގާތު ފައުންޑޭޝަނުން ހަދިޔާ ކުރި ކަދުރުގެ ގޮތުގައި ބެހި މައްސަލަ ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލަ އޭސީސީންވެސް ބެލި އިރު ނިންމާފައިވަނީ އެކަމުގެ ކޮރަޕްޝަނެއް ނެތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް