އިންޑިއާގައި އަންހެން ކުއްޖަކު ރޭޕްކޮށް އަންދާލައިފި

އިންޑިއާގެ ޖަރުޙަންދު ސްޓޭޓުގައި އަނެންކާވެސް އަންހެން ކުއްޖަކު ރޭޕްކުރުމަށް ފަހު އަންދާލައިފި ކަމަށް އެގައުމުގެ ފުލުހުން ބުނެފިއެވެ. މަދްޔަ ޕުރަދޭސްގެ ސާގަރު ހިސާބުގައި އެންމެ ފަހުން ރޭޕް ކުރި މިކުއް...

12 May 2018 | 22:40

އިންޑިއާގެ ޖަރުޙަންދު ސްޓޭޓުގައި އަނެންކާވެސް އަންހެން ކުއްޖަކު ރޭޕްކުރުމަށް ފަހު އަންދާލައިފި ކަމަށް އެގައުމުގެ ފުލުހުން ބުނެފިއެވެ.

މަދްޔަ ޕުރަދޭސްގެ ސާގަރު ހިސާބުގައި އެންމެ ފަހުން ރޭޕް ކުރި މިކުއްޖާ ރޭޕްކޮށްފައި ވަނީ އެ ކުއްޖާ އެކަނި ގޭގައި ވަނިކޮށް މި ކުއްޖާގެ ތިމާގެ މީހަކު، އެހެން މީހަކަށް ގުޅައިގެން ގެނެސްގެންނެވެ. 16 އަހަރުގެ މިކުއްޖާ އަންދާލާފައިވަނީ ރޭޕް ކުރިކަން އެކުއްޖާ މައިންބަފައިންގެ ކައިރީގައި ބުނާނެކަމަށް ބުނުމުންނެވެ.

ވޭތުވެ ދިޔަ ހަފްތާތެރޭގައި ވަނީ އިންޑިއާގެ ޖަގްހަނދު ސްޓޭޓްގައި މިފަދަ އިތުރު ދެ ހަމަލާއެއް ހިންގާފައެވެ. މި ހަމަލާއާއި ގުޅިގެން ފުލުހުންވަނީ ދެ މީހަކު ހައްޔަރު ކޮށްފައެވެ. އެއީ 16 އަހަރުގެ ކުއްޖާގެ ތިމާގެ މީހާއާއި އޭނާގެ ބައިވެރިޔާ އެވެ.

މީގެ މަހެއްހާ ދުވަސް ކުރިން ރޭޕްކޮށް މަރާލި އަށްއަހަރުގެ ކުއްޖާގެ ކޭސްއަންފަހު އިންޑިއާގެ ފުލުންނަށް ދަނީ އާންމު ރައްޔިތުންގެ ފަރާތުން ބޮޑެތި ފާޑުކިޔުންތަކާއި ކުރިމަތިވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް