ނިއުޕޯޓު ވިއު ހުސްކުރަން ސިޓީ ކައުންސިލުގައި އަދި ނޭދޭ: ޝިފާ

ނިއުޕޯޓް ވިއު ހުސްކުރަން ސަރުކާރުން އަދި ސިޓީ ކައުންސިލްގައި ނޭދޭ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެއް މަސްދުވަހުގެ ތެރޭގައި މިއުޕޯޓް ވިއު ހުސްކުރަން ސަރުކާރުން އ...

13 Apr 2019 | 10:21

ނިއުޕޯޓް ވިއު ހުސްކުރަން ސަރުކާރުން އަދި ސިޓީ ކައުންސިލްގައި ނޭދޭ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެއް މަސްދުވަހުގެ ތެރޭގައި މިއުޕޯޓް ވިއު ހުސްކުރަން ސަރުކާރުން އެތްނުގެ ވެރިފަރާތައް އަންގާފައިވާއިރު އަދިވެސް އެތަން ހުސްނުކުރާ ކަމަށާއި، ނިއު ޕޯޓްވިއު ހުސްކުރަން ކަނޑައެޅި މުއްދަތު އެތަން ހުސްކޮއްފައި ނުވާ ކަމަށް ޝިފާ ވިދާޅުވިއެވެ. އަދި ސަރުކާރުން ސިޓީ ކައުންސިލަށް އަންގާފައިނުވާ ކަމަށާއި، އަންގާ ވަގުތުން އެ މަސައްކަތް ފަށާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ނިއު ޕޯޓް ވިއު އެ ބިމުން ނަގައި އެ ސަރަހައްދު ހުސްކުރަން ސަރުކާރުން ބޭނުންވި ނަމަވެސް، ކުރީ ސަރުކާރުން ގަވާއިދާ ހިލާފަށް ކޮންޓްރެކްޓްކޮށް މާލޭގެ އެތައް ބިމެއް ދީފައިއޮތުމުގެ ސަބަބުން އެ ބިންތައް ހުސްކުރަން ބޭނުންވިޔަސް ގޮންޖެހުންތަކެއް ހުރި ކަމަށް ވެސް ޝިފާ ވިދާޅުވިއެވެ.

މީގެއިތުރުން ނިއު ޕޯޓް ވިއު ހަދާފައިވާ ބިމުގައި އިމާރާތް ހުސްބިމެއްގެ ގޮތުގައި އޮންނަން މާލޭ ރައްޔިތުން އެދޭކަމަށް ވެސް ޝިފާ ވިދާޅުވެއެވެ.

ތިން މަހުގެ ކުލި ނުދެއްކުމުގެ ސަބަބުން ނިއު ޕޯޓް ވިއު ހުސްކުރަން ސަރުކާރުން އަންގާފައި ވަނީ 11 މާރޗްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް