ދެކުނު އެފްރިކާއާއި ތުރުކީގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް އެހީތެރިވާނެ ބަޔަކު ހޯދުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަންސް، އެމްއެމްޕީއާރުސީ އިން އިއުލާނުކޮށްފިއެވެ.
ސައުތު އެފްރިކާ، ތުރުކީ އަދި ސްޕެއިންގެ ނޫސްވެރިން ރާއްޖެ ގެނައުމަށް އެމްއެމްޕީއާރުސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މި ނޫސްވެރިންގެ ޓީމު ރާއްޖޭގައި ހޭދަ ކުރާން ހަމަޖެހިފައިވަނީ އެއް ހަފްތާ ވަންދެނެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭ ތަފާތު އާރޓިކަލް ތައްވެސް ގެނެސްދޭން ޖެހެއެވެ.
މިހާތަނަށް ފަސްލައްކައެއްހާ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮއްފައިވާއިރު، ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ދިވެހިރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް