އަންނަ ހޯމަ ދުވަހު އިސްތިސްޤާ ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީ އިން ނިންމަވައިފިއެވެ.
ރާއްޖޭގެ ބައެއް ހިސާބު ތަކަށް ވާރޭނުވެހި ގިނަ ދުވަސް ވެފައި ވުމުން ރައްޔިތުން ފެނަށް ޖެހެމުންދާތީ މި ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުގެ މެންދުރު ނަމާދަށް ފަހުގައެވެ. މާލޭގައި މި ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގައެވެ.އަދި ރަށްރަށުގައި މި ނަމާދު ކުރަނީ އެރަށެއްގެ އެންމެ ބޮޑު މިސްކިތުގައެވެ.
މި ނަމާދު ކުރާނީ ބޮޑު ޖަމާއަތެއްގައި ކުދިބޮޑު އެންމެން ޖަމާވެގެންނެވެ. އިސްތިސްޤާ ނަމާދުކުރުމަށް ވަކި ޚާއްސަ ވަގުތެއްނޯވެއެވެ.
މި ދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށް ވުމާއެކު، ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވާރޭ ނުވެހި އެތަކެއް ދުވަސްތަކެއް ވަނީ ވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް