މި އަހަރުވެސް ސައުދީން 6500ޓަނު ކަދުރު އެކި ގައުމުތަކަށް ހަދިޔާ ކުރާނެ

ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ސައުދީ އަރަބިއްޔާއިން ހަދިޔާގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކަދުރު ފޮނުވާ ބީދައިން މި އަހަރުވެސް 6500 ޓަނު ކަދުރު އެކި ގައުމުތަކަށް ފޮނުވާނެ ކަމުގައި ސައުދ...

13 Apr 2019 | 08:10

ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ސައުދީ އަރަބިއްޔާއިން ހަދިޔާގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކަދުރު ފޮނުވާ ބީދައިން މި އަހަރުވެސް 6500 ޓަނު ކަދުރު އެކި ގައުމުތަކަށް ފޮނުވާނެ ކަމުގައި ސައުދީން ބުނެފިއެވެ.

އިއްޔެ އެގައުމުން މިކަމާއިމެދު ބުނެފައިވަނީ އެ 6500 ޓަނުގެ ތެރެއިން 4000 ޓަނު ކަދުރު ބަހާނީ ފުޑް ޕްރޮގްރާމްތައް މެދުވެރިކޮށް 14 ގައުމަކަށް ކަމަށެވެ. އަދި 2500 ޓަނު ކަދުރު 29 ގައުމެއްގެ ސަރުކާރާއި ހަވާލުކުރާނެ ކަމަށް ބުނެފައިވެއެވެ.

ގައުމުތަކަށް ކަދުރު ހަދިޔާ ކުރުމަކީ ސައުދީން ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ. ކަދުރުގެ އެ ހަދިޔާ ލިބޭ ގައުމުތަކުގެ ތެރޭގައި ރާއްޖެވެސް ހިމެނެއެވެ. ނަމަވެސް މި ފަހަކަށް އައިސް ގިނަ ފަހަރު ދިވެހި ގޭބިސީތަކަށް ކަދުރު ފޯރަނީ ރޯދަ ނިމޭ ފަހުންނެވެ. ބައެއް ފަހަރު ކަދުރު ނުލިބިވެސް ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް