މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީއާއެކު މީހަކު 24 ގަޑިއިރު ފަތަނީ

ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް 50 ގޮނޑި ލިބިއްޖެނަމަ ހުއްޓާލުނާ 24 ގަޑިއިރު ފަތާނެ ކަމަށް ބުނެ ވައުދުވި، މއ. ލޭކް ވުޑް، ފިރާސް އަފީފް، އޭނާގެ ވައުދު ފުއްދުމަށް ފަތަމުން އެބަދެއެވެ. ...

13 Apr 2019 | 08:03

ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް 50 ގޮނޑި ލިބިއްޖެނަމަ ހުއްޓާލުނާ 24 ގަޑިއިރު ފަތާނެ ކަމަށް ބުނެ ވައުދުވި، މއ. ލޭކް ވުޑް، ފިރާސް އަފީފް، އޭނާގެ ވައުދު ފުއްދުމަށް ފަތަމުން އެބަދެއެވެ.

ފިރާސް އަކީ ފަތަން ދަސްކޮއްދޭ ކޯޗެކެވެ. އަދި ފެތުންތެރިއެއްވެސް މެއެވެ. ފިރާސް އޭނާގެ ވައުދު ފުރިހަމަ ކުރުމަށް ފަތަން ފަށާފައިވަނީ އިއްޔެ މެންދުރު ފަހު 14:00 ގައެވެ. އެހެންކަމުން 24 ގަޑިއިރު ހަމަވެ އޭނާގެ ފެތުން ނިންމާލާނީ މިއަދު މެންދުރު 14:00 ގައެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އާއި އިތުރު ގިނަ ބަޔަކު ޝޯޝަލް މީޑިއާގައިވެސް ދަނީ ފިރާސްގެ ވައުދު ފުއްދަން އެނާ ކުރާ މަސައްކަތައް ތައުރީފުކުރަމުންނެވެ.

މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖީލީހުގެ އިންތިޚާބުގައި އެމްޑީޕީން ވަނީ 65 ގޮނޑިއާއި އެކު މަޖިލީހުގެ ސުޕަރް މެޖޯރިޓީ ހޯދާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް