އދ. މަހިނބަދޫގައި މުސްކުޅިބަލީގައި ދާނުގައި ތިބި ބަލި މީހުންނާއި ބައްދަލު ކުރެއްވުމަށް އެ ގޭގެއަށް ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ޒިޔާރަތް ކުރައްވައިފި އެވެ.
މިނިސްޓަރު އެ ރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އއ.އަތޮޅާއި އދ.އަތޮޅުގައި ކުރިޔަށް ގެންދިޔަ "ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރޭނިން އޮން ސާވިސް ޕްރޮވިޝަންސް ފޮ ދަ އެލްޑަރލީ އެންޑް ވިކްޓިމްސް އޮފް އެބިއުސް" ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި މިނިސްޓަރު ގެންދަވަނީ ޖެންޑާ މިނިސްޓްރީން އދ. އަތޮޅުގައި ކުރިޔަށް ގެންދާ "ރަންވޭލާ" ޕްރޮގްރާމްގައި ބައިވެރިވެފައި އެވެ.
އެގޮތުން މިނިސްޓަރު ޒެނީޝާ މިއަދު ވަނީ މުސްކުޅިވެ ދާނުގައި ތިބި ބަލި މީހުންނަށް ޒިޔާރަތްކޮށް ހާލު ބައްލަވާފައި އެވެ. އަދި ހާއްސަ ރައްކާތެރިކަމާއި އަޅައިލުން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދެމުން ގެންދާ ހިދުމަތްތަކާ ގުޅޭގޮތުން ހޮސްޕިޓަލުގެ އިސްވެރިންނާ އެ ކަމަނާ މަޝްވަރާކުރެއްވިއެވެ.
އަދި މަހިބަދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރު (އެފް.ސީ.އެސް.ސީ)އިން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން، އެ ސެންޓަރުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން މަހިނބަދޫ ކައުންސިލާއި ފުލުހުންނާއި. ޖަމާއަތްތަކާއި މިނިސްޓަރު ބައްދަލު ކުރެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް