އުރީދޫގެ ސުޕާ ނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ގއ. ވިލިނގިލީގައި ދޭން ފަށައިފި އެވެ.
އުރީދޫއިން ބުނީ ވިލިނގިލީގައި އެ ކުންފުނިން ފޯރުކޮށްދޭ އިންޓަނެޓް ހިދުމަތަކީ 100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑުތަކާއި ފޯރުކޮށްދޭ ހިދުމަތެއް ކަމަށެވެ. މިއަދު ވިލިނގިއްޔަށް ހިދުމަތް ތައާރަފު ކުރުމަށް ފަހު ހާއްސަ ޕްރޮމޯޝަނެއް ވަނީ ފަށާފައި އެވެ.
އެގޮތުން މިމަހުގެ 30 ގެ ކުރިން އުރީދޫ ސުޕާ ނެޓް ފިކްސްޑް ބްރޯޑްބޭންޑު ނަގަނާ ފަރާތްތަކަށް އެއް އަހަރު ދުވަހަށް މަހު ފީއިން 30 ޕަސެންޓު ޑިސްކައުންޓު ލިބޭނެ އެވެ. އަދި ވިލިނގިލީގައި އުރީދޫއިން ދޫކުރާ އިންޓަނެޓް ހިދުމަތުގެ ކަނެކްޝަން ފީއެއްވެސް ނުނަގާނެ އެވެ.
މީގެ އިތުރުން ކަސްޓަމަރުންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ސުޕާ ނެޓް ރައުޓަރު 12 މަހަށް ބަހާލައިގެން ފައިސާ ދައްކާގޮތަށް ގަނެވޭނެ އިންތިޒާމު ހަމަޖައްސާފަ އެވެ.
އުރީދޫގެ ޑިރެކްޓު އޮފް ސޭލްސް އެންޑް ބްރޭންޑް ހުސައިން ނިޔާޒު ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، އިޤްތިސޯދީ އަދި އިޖްތިމާއީ ތަރައްގީ ގެނައުމުގައި، އިންޓަނެޓް މުހިންމު ދައުރެއް އަދާ ކުރާ ކަމަށެވެ. މިގޮތުން، ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަކީ، އެ ކުންފުނިން އަހަންމިއްޔަތު ކަންދޭ ކަމެއް ކަމަށެވެ.
އުރީދޫއިން ބުނީ އެ ރަށުގައި އެންމެ އަގު ހެޔޮކޮށް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދެނީ އެކުންފުނިން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް