އެމެރިކާ ސިފައިންގެ ވައިގެ އުޅަނދުތަކަށް ތެޔޮ އަޅާ މަތިންދާ ބޯޓެއް އިރާގު މަތިން ވެއްޓިއްޖެ

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި، އެމެރިކާ ސިފައިންގެ ތެޔޮ އަޅާ މަތިންދާބޯޓެއް އިރާގުގެ ހުޅަނގު ސަރަހައްދަށް ވެއްޓިފައިވާ ކަމަށް އެމެރިކާ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނެފިއ...

12 Mar 2026 | 22:34
N/A

N/A

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި، އެމެރިކާ ސިފައިންގެ ތެޔޮ އަޅާ މަތިންދާބޯޓެއް އިރާގުގެ ހުޅަނގު ސަރަހައްދަށް ވެއްޓިފައިވާ ކަމަށް އެމެރިކާ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނެފިއެވެ.

ސެންޓްކޮމް އިން ނެރުނު ބަޔާނުގައި ބުނީ މި ހާދިސާގައި ދެ މަތިންދާބޯޓެއް ޝާމިލުވާ ކަމަށާއި، ކޭސީ-135 މޮޑެލްގެ އެއް ބޯޓު އިރާގުގެ ހުޅަނގަށް ވެއްޓުނު އިރު، އަނެއް ބޯޓު ރައްކާތެރިކަމާ އެކު ޖައްސާފައިވާ ކަމަށެވެ. މި ހާދިސާ ހިނގީ އެމެރިކާގެ ކޮންޓްރޯލް އޮތް ވައިގެ ސަރަހައްދެއްގައެވެ.

"މިއީ ދުޝްމަނުންގެ ހަމަލާއެއް ނުވަތަ އެކުވެރި ސިފައިންގެ ހަމަލާއެއްގެ ސަބަބުން ހިނގި ކަމެއް ނޫން" ކަމަށް ސެންޓްކޮމް އިން ބުންޏެވެ. ވެއްޓުނު ބޯޓު ހޯދައި ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އިތުރު މަޢުލޫމާތު ލިބެމުންދާ ވަރަކަށް ހާމަކުރާނެ ކަމަށް ވެސް ބުންޏެވެ.

ކޭސީ-135 އަކީ ވައިގެ ތެރޭގައި އެހެން މަތިންދާބޯޓުތަކަށް ތެޔޮ އެޅުމަށް ބޭނުންކުރާ އެމެރިކާ ސިފައިންގެ މުހިންމު މަތިންދާބޯޓެކެވެ. މި ހާދިސާ ހިނގާފައި ވަނީ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލު ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ތެރޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް