މިއަދު ހެނދުނު 9:49 ހާއިރު ލާމު ލިންކް ރޯޑުގެ ކުރިހިނަ ސަރަހައްދުން، އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއްގައި ކާރަކުން ޖެހިފައި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި ކާރު ދުއްވަން އިނީ 65 އަހަރުގެ ފިރިހިނެކެވެ. އަދި ސައިކަލު ދުއްވަން އިނީ 49 އަހަރުގެ ފިރިހިނެކެވެ. މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާއަށް އެކިވަރުގެ އަނިޔާ ލިބިފައި ވާކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލުން މައުލޫމާތުދެއެވެ. ސައިކަލު ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމުން، ފަރުވާ ދިނުމަށްފަހު އޭނާ މިހާރު ވަނީ ދޫކޮށްލާފައެވެ.
ދުއްވަން ތިބި ދެމީހުންގެ އަތުގައިވެސް ލައިސަންސް އޮތް ކަމަށް ފުލުން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް