މަޑަވެލި ހޯޑެއްދޫ ކޯޒްވޭ އަންނަ ޖޫން މަހު ބޭނުން ކުރަން ފާށަނީ

ގދ. މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލާ ކޯޒްވޭ އަންނަ ޖޫންމަހުގެ ތެރޭގައި ބޭނުންކުރަން ފަށާނެކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅ...

13 Mar 2018 | 08:29

ގދ. މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލާ ކޯޒްވޭ އަންނަ ޖޫންމަހުގެ ތެރޭގައި ބޭނުންކުރަން ފަށާނެކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ މަގުގެ ބިން އެއްކޮށް ހިއްކާ ނިމިފައިވާ ކަމަށެވެ. އެ ޕްރޮޖެކްޓުގައި މިހާރު ކުރަމުންދަނީ ކަލްވާޓުތައް ހަދައި، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކަމަށާއި ޖޫން މަހު ކޯޒްވޭ ބޭނުން ކުރަން ފެށޭނެ ކަމަށެވެ.

އެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

ކޯޒްވޭ އާއި ގުޅާލުމަށް މަޑަވެލީގެ 3.5 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު އެ ކޯޒްވޭ އަކީ ދިގުމިނުގައި 440 މީޓަރު އަދި ފުޅާ މިނުގައި ހަތް މީޓަރު ހުންނަ ކޯޒްވޭ އެކެވެ.

މިއީ ދައުލަތުގެ ބަޖެޓުން 29 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއު އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް