މިހާރު ރާއްޖޭގެ އެކި ހިސާބަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އަރިދަފުސް ރޯގާ އާއި ގައިންގަޔަށް އަރާ ބަލިތައް ފެތުރިދާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ ބުނެފި އެވެ.
އެ އިދާރާއިން މިއަދު ބުނީ ވިއްސާރައިގެ ސަބަބުން މޫސުމީ ރޯއެއް ފެތުރިދާނެތީ ސަމާލުކަން ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ. އެކަމަކު އަދި މިހާތަނަށް އަރިދަފުސް ރޯގާ އާއި އެނޫންވެސް ބައްޔަކާއި ގުޅިގެން މީހުން ޑޮކްޓަރަށް ދެއްކުން އިތުރުވެފައި ނުވާ ކަމަށެވެ.
މިނިސްޓްރީން ބުނީ ބަލިތަކުން ސަލާމަތް ވެ ތިބުމަށް އާންމު ސާފުތާހިރު ކަމަށް އިސްކަން ދިނުން މުހިންމު ކަމަށެވެ. އެގޮތުން ކެއްސާ ކިނބިހި އަޅާއިރު އަނގަމަތި ނިވާކުރުން، މަދިރި އާލާވާތަންތަން ނައްތާލުން، ރޯގާ ޖެހިފައި ހުންނަ ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން އަދި އާންމު ސާފުތާހިރު ކަމަށް ބޮޑު އިސްކަމެއް ދިނުމަށް ވަނީ އެދިފަ އެވެ.
ކޮންމެ އަހަރަކުވެސް ވިއްސާރަ މޫސުމާއި ދިމާކޮށް އަރިދަފުސް ރޯގާ އާއި އެނޫންވެސް ބަލިތައް ފެތުރުން އިތުރުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް