ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑައިގެން އަލީ ހުސައިން ސަސްޕެންޑު ކޮށްފި

ކެންދޫ ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ސަސޕެންޑު ކޮށްފި އެވެ. ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އަލީ ސަސްޕެންޑު ކުރީ ސުޕްރީމް ކޯޓުގެ ހުރުމަތް ކެ...

13 Mar 2018 | 07:25

ކެންދޫ ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ސަސޕެންޑު ކޮށްފި އެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އަލީ ސަސްޕެންޑު ކުރީ ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑޭފަދަ ގޮތަކަށް ވާހަކަ ދައްކަވާފައިވާތީ އެ މައްސަލަ ތަހުގީގު ކޮށް ނިމެންދެން ކަމަށެވެ. އެ މައްސަލައިގަ އަލީ ވަނީ އެ ކޯޓަށް ހާޒިރުކޮށް ބަޔާންވެސް ނަގާފަ އެވެ.

އޭނާއަށް ވަކާލާތު ކުރުން މަނާކޮށްފައިވަނީ ކޯޓުތަކާއި ޓްރައިބިއުނަލްގައި އެވެ. ޖޭއެސްސީގެ ބަޔާނުގައި ވާގޮތުގައި އަލީ ސަސްޕެންޑު ކުރަން ނިންމީ ސުޕްރީމް ކޯޓުންގެ ފަނޑިޔާރުންގެ ބެންޗުންނެވެ.

ސުޕްރީމް ކޯޓުގެ ބައެއް ނިންމުންތަކާއި މެދު އަލީ ހުސައިން ސުވާލު އުފައްދާފައިވާތީ އޭނާ ސަސްޕެންޑު ކުރި އިރު އޭނާ ވިދާޅުވީ އެފަދަ ގޮތަކަށް ވާހަކަ ދައްކާފައި ނުވާނެ ކަމަށެވެ.

އަލީ ހުސައިންގެ އިތުރުން ކޯޓުގެ ހުރުމަތް ކެނޑޭގޮތަށް ވާހަކަ ދެއްކި ކަމަށް ބުނެ ގާނޫނީ ވަކީލު ހުސައިން ޝަމީމް   ވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު ކޯޓަށް ހާޒިރުކޮށް ބަޔާން ނަގައި ސުވާލު ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް