ހައި ކޯޓުގެ ރެޖިސްޓްރާ ކަމަށް މަރިޔަމް ހޫރުޝީދާ އައްޔަން ކޮށްފި އެވެ.
އެ ކޯޓުގެ ރެޖިސްޓްރާގެ މަގާމަށް އޭނާ އައްޔަން ކޮށްފައި މިވަނީ ރެޖިސްޓްރާގެ މަގާމު ހުސްވެފައި އޮންނަތާ އަހަރެއްވާ އުޅެނިކޮށެވެ. އެމަގާމު ހުސްވީ މިދިޔަ އަހަރުގެ އެޕްރީލް މަހު ހައި ކޯޓުގެ ރެޖިސްޓްރާގެ މަގާމުގައި ހުނެންވި ހަސަން އަލީ މަގާމުން ވަކި ކުރުމާއި ގުޅިގެންނެވެ.
އޭގެ ފަހުން މިހާތަނަށް ވަގުތީގޮތުން އެ މަސްއޫލިއްޔަތުތައް އަދާ ކުރައްވަމުން ގެންދެވީވެސް ހޫރުޝީދާ އެވެ. އޭނާ އަކީ 2011 ވަނަ އަހަރުން ފެށިގެން ހައި ކޯޓުގައި ލީގަލް އޮފިސަރެއްގެ މަގާމު އަދާ ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
ކޯޓުތަކުގެ ގާނޫނު އޮންނަ ގޮތުން ރެޖިސްޓްރާގެ މަގާމަށް އައްޔަން ކުރާ ބޭފުޅަކީ ދަށު ކޯޓުގެ ފަނޑިޔާރު ކަމަށް ޝަރުތު ހަމަވާ ބޭފުޅަކަށް ވާންޖެހެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް