ވިލާ ކުންފުންޏާއި ގުޅޭ ފަސް މައްސަލައެއް ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފި އެވެ. މި ފަސް މައްސަލަވެސް ތާވަލު ކޮށްފައިވަނީ ބުރާސްފަތި ދުވަހަށެވެ.
މި ފަސް މައްސަލައިގެ ތެރޭގައި ހިމެނެނީ އެއްބަސްވުމާ ހިލާފު އުފެދިގެން ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާ އަކާއި އެއްބަސްވުމާއި ޚިލާފު ބާޠިލު އެންގުމެއްކަމަށް އަމުރުކޮށްދިނުމަށް އެދި ގަޒިރާ ޕްރައިވެޓް ލިމިޓެޑް، ވިލާ ބިލްޑިންގ ގެ މައްޗަށް ދައުލަތުން ދައުވާ ކުރާ މައްސަލައަކާއި ފައިސާ ހޯދުމަށް މާނެންފުށި ޕްރައިވެޓް ލިމިޓެޑް، ވިލާ ބިލްޑިންގގެ މައްޗަށް ދައުލަތުން ކުރާ ދައުވާ އަކާއި ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދައުލަތުން ކުރާ ވިޔަފާރީގެ ދައުވާގެ މައްސަލައަކާއި ވިލާ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ އެއްބަސްވުމާއި ހިލާފު އުފެދިގެން ދައުލަތުން ދައުވާ ކުރާ މައްސަލައެކެވެ.
މި މައްސަލަތަކުގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައިވާއިރު ވިލާގެ އޯނަރު ގާސިމް އިބްރާހިމް ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދޭނެ ގޮތެއް ހަދައިދިނުމަށް ޕީޕީއެމުން އަންނަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް