ރާއްޖޭގެ އެންމެ ފުރިހަމަ ޕޯސްޓްޕެއިޑް ޕެކޭޖްތައް އުރީދޫއިން ތަޢާރަފްކޮށްފި

ކޯލް، އެސްއެމްއެސް، ޑޭޓާ އަދި އައިޑީޑީ ހިމެނޭގޮތަށް، ކޮންމެ ކަސްޓަމަރެއްވެސް އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތަށް ފަރުމާކުރެވިފައިވާ، އުރީދޫ މޯލްޑިވްސްގެ އާ ޕޯސްޓްޕެއިޑް ޕެކޭޖްތައް މިއަދު ތަޢާރަފްކޮށްފ...

13 Mar 2018 | 06:30

ކޯލް، އެސްއެމްއެސް، ޑޭޓާ އަދި އައިޑީޑީ ހިމެނޭގޮތަށް، ކޮންމެ ކަސްޓަމަރެއްވެސް އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތަށް ފަރުމާކުރެވިފައިވާ، އުރީދޫ މޯލްޑިވްސްގެ އާ ޕޯސްޓްޕެއިޑް ޕެކޭޖްތައް މިއަދު ތަޢާރަފްކޮށްފިއެވެ.

މި ޕެކޭޖްތަކަކީ އަންލިމިޓެޑް ކޯލް އަދި ޑޭޓާ ހިމެނޭ މި ޕެކޭޖްތަކަކީ އެންމެހާ ބޭނުންތަކަށްވެސް އެންމެ އެކަށޭނެ ޕެކޭޖްތަކެއް ކަމުގައި އުރީދޫން ހާމަކުރެ އެވެ.

" އުރީދޫއިން އަބަދުވެސް މަސައްކަތްކުރަމުންދަނީ ކަސްޓަމަރުންގެ ބޭނުންތަކަށް އެންމެ ފުރިހަމަ ހައްލެއް ހޯދައިދިނުމަށް. މިގޮތުން، އަންލިމިޓެޑް ކޯލް އަދި ޑޭޓާ ހިމެނޭގޮތަށް، އެންމެ އެކަށޭނަ އަގުތަކެއްގައި، މުޅިން އާ ޕޯސްޓްޕެއިޑް ޕެކޭޖްތަކެއް ފޯރުކޮށްދެވުމަކީ އަޅުގަނޑުމެންނަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް." އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.

އަލަށް ތަޢާރަފްކުރެވިފައިވާ ޕްލޭންތަކުގެ ތެރޭގައި ހިމެނެނީ:

-              އިތުރު އެކްސެސް ޗާޖަކާއި ނުލާ ބޭނުންކުރެވޭ އަންލިމިޓެޑް ޑޭޓާ

-              އުރީދޫ ނެޓްވާރކްގެ ތެރޭގައި އަންލިމިޓެޑް ކޯލް އަދި އެސްއެމްއެސް

-              މުޅި ދިވެހިރާއްޖޭގައި ބޭނުންކުރެވޭ 4G+  ނެޓްވާރކް

-              ތަފާތު ފައިދާތަކާއި އެކު އެންމެ ފުރިހަމަ ކަސްޓަމަރ ސަރވިސް

އުރީދޫން ހާމަކުރާގޮތުގައި އާ ޕޯސްޓްޕެއިޑް ޕެކޭޖްތައް ފަރުމާކުރެވިފައިވަނީ، ކަސްޓަމަރުންނަށް ލިބިލައްވާ ޑޭޓާ އެލަވަންސް ހުސްވުމުންވެސް، އިތުރު އަގަކާ ނުލާ ޑޭޓާ ބޭނުންކުރެވޭގޮތަށް، އަންލިމިޓެޑް ޑޭޓާ އާއިއެކުއެވެ. ޑޭޓާ އެލަވަންސް ހުސްވުމަށްފަހުވެސް ހައިސްޕީޑްގައި ޑޭޓާ ބޭނުންކުރެއްވުމަށް ބޭނުންފުޅުވާނަމަ، ޕަވަރ އަޕް ޕެކޭޖެއް ބައްލަވައިގަތުމުން ހައިސްޕީޑްގައި ޑޭޓާ ބޭނުންފުޅުކުރެއްވޭނެއެވެ.

އުރީދޫ ޕޯސްޓްޕެއިޑް އާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ooredoo.mv އަށް ޒިޔާރަތްކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް