ލަވްގެ ފިލްމުގައި އަޖޭ ތަފާތު ރޯލަކުން ފެނިގެންދާނެ!

ފިލްމު ޕްރޮޑިއުސަރު ލަވް ރަންޖަންގެ ދެން އެންމެ އަވަހަށް މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ފިލްމުގައި އަޖޭ ދޭވްގަން ފެނިގެން ދާނީ ވަރަށް ތަފާތު ރޯލަކުން ކަމަށް އޭނާ ބުނެފި އެވެ. އެ ފިލްމުގައި އަޖޭ އާ...

13 Mar 2018 | 03:28

ފިލްމު ޕްރޮޑިއުސަރު ލަވް ރަންޖަންގެ ދެން އެންމެ އަވަހަށް މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ފިލްމުގައި އަޖޭ ދޭވްގަން ފެނިގެން ދާނީ ވަރަށް ތަފާތު ރޯލަކުން ކަމަށް އޭނާ ބުނެފި އެވެ.

އެ ފިލްމުގައި އަޖޭ އާއި އެކު ފެނިގެންދާނީ ތާބޫ އެވެ. ފިލްމަށް ކިޔާ ނަމެއް އަދި ރިލީޒް ކުރާ ދުވަސް ހާމަ ނުކުރި ނަމަވެސް ލަވް ބުނެފައިވަނީ ވަރަށް އަވަހަށް އެ ފިލްމު ބެލުންތެރިންނާއި ހަމައަށް އަންނާނެ ކަމަށެވެ.

އޭނާ ބުނެފައިވަނީ އެ ފިލްމުގައި އަޖޭ ފެނިގެންދާނީ ލޯބީގެ މުއްސަނދި އަދި ވަރަށް ހަމަޖެހޭ ރޯލަކުން ކަމަށެވެ. އެއީ މި ފަހަކުން އަޖޭ ފެނިގެން ގޮސްފައި ނުވާ ފަދަ ރޯލަކަށް ވެގެންދާނެ ކަމަށާއި، އަޖޭ މިހާތަނަށް މީހުންނަށް ފެނިގެން ގޮސްފައިވަނީ ލޯބީގެ ރޯލަކުން ނުވަތަ މަޖާ ރޯލުތަކުން ނުވަތަ އެކްޝަން ފިލްމުތަކުން ކަމަށެވެ.

އަޖޭ އާއި ތާބޫ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ރިލީޒް ކުރި "ގޯލްމާލް އަގެއިން" އިންނެވެ.

ޕްރޮޑިއުސަރު ލަވްގެ އެންމެ ފަހުން ރިލީޒްވި ފިލްމަކީ "ސޯނޫ ކީ ޓީޓޫ ކީ ސްވިޓީ" އެވެ. މި ފިލްމު ވަނީ އާންމުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް