އެއްވެސް ކަމެއް ކުރާނީ އިދިކޮޅު ކޯލިޝަނަށް އެނގިގެން: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިދިކޮޅު މައި ޕާޓީ އެމްޑީޕީ އެއްވެސް ކަމެއް ކުރާނަމަ މިހާރު ކުރާނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް އެނގިގެން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ. ސަރުކާރުން އިއްޔެ ބޭއ...

13 Mar 2018 | 03:09

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިދިކޮޅު މައި ޕާޓީ އެމްޑީޕީ އެއްވެސް ކަމެއް ކުރާނަމަ މިހާރު ކުރާނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް އެނގިގެން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީ ވިދާޅުވީ ކުރީގެ ރައީސް ނަޝީދާއި އެކު ސަރުކާރުން ސިއްރު ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުމުގެ މައުލޫމާތު އިދިކޮޅު ފަރާތްތަކަށް އެނގޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށާއި އެކަމަކު އެއީ ތެދެއް ކަމެއް ނޭނގޭ ކަމަށެވެ.

ނަޝީދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިދިކޮޅު ފަރާތްތަކާއި އެކު މަސައްކަތް ކުރަން ފެށިފަހުން އެމްޑީޕީ އާއި އެމަނިކުފާނު ދައްކާ ވާހަކަ އާއި ކަންކަން ހިނގަނީ މަޝްވަރާގެ ތެރެއިން ކަމަށެވެ. އަދި ކުރިމަގުގައިވެސް ކަންކަން ހިނގާނީ ސިޔާސީ ޕާޓީތައް އެދޭ މިންވަރާއި އެދޭގޮތަށް ކަމަށެވެ.

އިއްޔެގެ ބައްދަލުވުމުގައި ޝައިނީ ވިދާޅުވީ ނަޝީދާއި އެކު ސަރުކާރުން ކުރި މަޝްވަރާތަކުގެ ލިޔެކިޔުންތައްވެސް އެބަހުރި ކަމަށެވެ. އަދި އެ މަޝްވަރާތަކުގައި ސިޔާސީޕާޓީތަކުގެ މަޝްވަރާއަށް ދިއުމާއި މެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

ނަޝީދުގެ ފަރާތްޕުޅުން ކުރި ޝަރުތުތަކާއި ބެހޭގޮތުން މިނިސްޓަރު ވިދާޅުވީ ފަނޑިޔާރުން ކަފާލާތުގެ ދަށުން ނަމަވެސް މިނިވަން ކުރުމަށް ނަޝީދު އެދިވަޑައިގެންނެވި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް