ދެކުނުގެ ރަށެއްގައި އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ ބިދޭސީ މީހާ ހައްޔަރު ކޮށްފިއެވެ.
މި މައްސަލައަކީ ސައުތު ޕޮލިސް ޑިވިޒަން ހިމެނޭ، ފުވައްމުލަށް އަދި އައްޑޫ ސިޓީ ހިމެނޭހެން އެ ދެ އަތޮޅުން ކުރެ އަތޮޅެއްގެ ރަށަކުން މި މަހުގެ 11 ވަނަ ދުވަހު ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން މިއަދު ބުނެފައިވާގޮތުގައި މި މައްސަލައާއި ގުޅިގެން ހަމަ އެ ދުވަހު ކޯޓު އަމުރެއްގެ ދަށުން، މައްސަލައިގާ ތުހުމަތު ކުރެވޭ މީހާވަނީ ހައްޔަރުކޮށްފައެވެ. އަދި ބަންދުގެ މުއްދަތުވެސް ވަނީ ޖަހާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް