ފެލިވަރު ބޮޑު ކުރަން ބިން ހިއްކަން ފަށަނީ

މިފްކޯގެ މަސްދަޅު ބަންދު ކުރާ ކާރުހާނާ ހިންގާ ޅ. ފެލިވަރު ބޮޑު ކުރުމަށް ބިން ހިއްކަން ނިންމައިފި އެވެ. މި މަސައްކަތް ކުރުމަށް ހަދަންޖެހޭ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއ)ޭ ހަދައިދޭނ...

13 Feb 2020 | 09:20

މިފްކޯގެ މަސްދަޅު ބަންދު ކުރާ ކާރުހާނާ ހިންގާ ޅ. ފެލިވަރު ބޮޑު ކުރުމަށް ބިން ހިއްކަން ނިންމައިފި އެވެ.

މި މަސައްކަތް ކުރުމަށް ހަދަންޖެހޭ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއ)ޭ ހަދައިދޭނެ ފަރާތެއް ހޯދަން މިފްކޯއިން މިހާރު ވަނީ ހުޅުވާލާފައި އެވެ. އީއައީއޭ ހަދަން ޝައުގުވެރިވާ ފަރާތްތަކުން މިފްކޯއަށް އެކަން ހުށަހެޅުމަށް ދީފައިވާ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 18 ވަނަ ދުވަހެވެ.

މިފްކޯއިން ބުނީ ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް އާރްއެފްކިޔު ދޫކުރާނެ ކަމަށެވެ. އަދި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މިކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މި މަހުގެ 23 ވަނަ ދުވަހު ހެޑްއޮފީހުގައި ބައްދަލުވުމެއް އޮންނާނެ އެވެ.

އީއައިއޭ ހެދުމަށް އަގު ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރު 2:00 އަށެވެ.

ހިއްކަން ނިންމާފައިވަނީ ފަސް ހެކްޓަރުގެ ސަރަހައްދެކެވެ. މިފްކޯއިން ބުނީ ބިން ހިއްކުމަށް ނިންމާފައިވަނީ ފެލިވަރުގައި ހުންނަ މަސް ބަންދު ކުރާ ފެކްޓްރީގެ އިރުމަތީ ފަރާތުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް