ދެބައި އުމުރުގެ އަންހެނަކަށް 28 އަހަރުގެ ބިދޭސީއަކު ޖިންސީ ފުރައްސާރަކޮށްފި

ދެބައި އުމުރުގެ އަންހެނަކަށް ބިދޭސިއަކު ޖިންސީ ފުރައްސާރަކޮށްފި އެވެ. ފުލުހުން ބުނީ މި މައްސަލަ ހުށަހެޅީ ނ، ރ، ބ އަދި ޅ ހިމެނޭ ނޯތް ޕޮލިސް ޑިވިޝަންގެ ރަށަކުން ކަމަށެވެ. މިފަދަ މައްސަލަތަކުގައި ފުލުހުނ...

13 Feb 2020 | 09:07

ދެބައި އުމުރުގެ އަންހެނަކަށް ބިދޭސިއަކު ޖިންސީ ފުރައްސާރަކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލަ ހުށަހެޅީ ނ، ރ، ބ އަދި ޅ ހިމެނޭ ނޯތް ޕޮލިސް ޑިވިޝަންގެ ރަށަކުން ކަމަށެވެ. މިފަދަ މައްސަލަތަކުގައި ފުލުހުން ރަށުގެ ނަން ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ53 އަހަރުގެ އަންހެނަކު ދިރިއުޅުނު ގެއަކަށް ބިދޭސީ މީހާ ވަދެ ޖިންސީ ފުރައްސާރަ ކުރިކަމުގެ މައްސަލަ ހުށަހެޅީ އިއްޔެ ކަމަށެވެ. މި މައްސަލައިގަ އެ ބިދޭސީ މީހާ ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ.

އެމީހާ އަކީ28 އަހަރުގެ ފިރިހެނެކެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިކަން ހިންގާފައިވަނީ ރ. ފައިނުގަ އެވެ. އެމީހާ ރޭ އެ އަންހެން މީހާ ދިރިއުޅޭ ގެއަށް ވަދެ އަންހެން މީހާއަށް ޖިންސީ ގުނަވަން ދައްކަން މަސައްކަތް ކުރިކަމަށްވެ އެވެ.

ފުލުހުން ދަނީ މިކަން ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް