ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ވާދަކުރާނެ މީހުން ކަނޑައެޅުމަށް ޕްރައިމަރީ ބާއްވާ ދުވަސް ފަސްކޮށްފި އެވެ.
މި ޕްރައިމަރީ ބާއްވަން ކުރިން ހަމަޖައްސާފައި އޮތީ މާދަމާ އެވެ. މިއަދު އެމްޑީޕީން ބުނީ އެ ޕްރައިމަރީގެ ވޯޓުލުން އަންނަ ހޯމަ ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ. ވޯޓުލުން ކުރިޔަށްދާނީ އެ ދުވަހުގެ މެންދުރު ފަހު2:30 ން ރޭގަނޑޫ7:30 އަށެވެ.
މި ޕްރައިމަރީގަ އެމްޑީޕީގެ652 އަންހެނުން ވާދަ ކުރާނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް930 މީހުން އިންތިހާބު ކުރަން ޖެހޭ ކަމަށެވެ.
މި އިންތިހާބު އޮންނާނީ ކައުންސިލް އިންތިހާބާ އެއް ދުވަހެއްގައި ހަތަރެއް އޭޕްރިލް ގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް