އިންތިހާބަށް ކުށުގެ ރެކޯޑު ސާފުކުރުމަށް ފޯމް ހުށަހަޅާ ވަގުތު ކަރެކްޝަންސްއިން އިތުރުކޮށްފި

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަ ކުރާ ފަރާތްތަކުން ކުށުގެ ރެކޯޑު ސާފު ކުރުމަށް ފޯމް ހުށަހަޅަން ކަނޑައެޅި ވަ...

13 Feb 2020 | 06:56

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަ ކުރާ ފަރާތްތަކުން ކުށުގެ ރެކޯޑު ސާފު ކުރުމަށް ފޯމް ހުށަހަޅަން ކަނޑައެޅި ވަގުތު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އިތުރުކޮށްފި އެވެ.

ކަރެކްޝަންސްއިން ބުނީ މިއަދުން ފެށިގެން ކަރެކްޝަންސްއިން ސާފު ކުރަންޖެހޭ ކުށުގެ ރެކޯޑު ހޯދުމަށް އެދޭ ފޯމު ބަލައިގަތުން ހެނދުނު8:15 ން ރޭގަނޑު9:00 އަށް ކުރިޔަށް ދާނެ ކަމަށެވެ. މި ހިދުމަތް މިމަހުގެ24 ގެ ނިޔަލަށް ދޭނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.

ކަރެކްޝަންސްއިން ފޯމް ބައިލައިގެންނަ ވަގުތު އިތުރު ކުރި އިރު ސުޕްރީމް ކޯޓާއި ދަށު ކޯޓުތަކުން ކުށުގެ ރެކޯޑު ސާފު ކުރުމުގެ އިންތިޒާމްވެސް ވަނީ ވަރަށޤ ލުއި ފަސޭހަ ކޮށްދީފަ އެވެ.

އެގޮތުން ސުޕްރީމް ކޯޓަށް ފޯމް ހުށަހެޅުމުން ވަގުތުން ކުށުގެ ރެކޯޑު ސާފުކޮށްދޭނެ އެވެ. އަދި ދަށު ކޯޓުތަކުން ކުށުގެ ރެކޯޑު ސާފު ކުރުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސާފައިވަނީ ހައި ކޯޓުގައި އެވެ.

މިފަހަރުގެ ކައުންސިލް އިންތިހާބުގައި980 ކައުންސިލަރުން އިންތިހާޞު ކުރާއިރު އަންހެނުންގެ ކޮމިޓީތަކަށް930 މެންބަރުން އިންތިހާބު ކުރާނެ އެވެ. އިލެކްޝަންސް އިން ލަފާ ކުރާގޮތުގައި މި އިންތިހާބުގައި ހަ ހާހާއި ހަތް ހާހާއި ދެމެދުގެ އަދަދަކަށް މީހުން ވާދަ ކުރާނެ އެވެ.

މި ދެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް