ކޮރޯނާ ވައިރަސް: މަރުވި މީހުންގެ އަދަދަށް ކުއްލި ބޮޑު ބަދަލެއް

ޗައިނާގައި ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް (ކޮވިޑް-19)ގައި ފާއިތުވި 24 ގަޑިއިރު މަރުވި މީހުންގެ އަދަދަށް ކުއްލި ބޮޑު ބަދަލެއް އައިސްފިއެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުގެ އަދަދު މިވަނީ 242 އަށް އަރ...

13 Feb 2020 | 04:16

ޗައިނާގައި ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް (ކޮވިޑް-19)ގައި ފާއިތުވި 24 ގަޑިއިރު މަރުވި މީހުންގެ އަދަދަށް ކުއްލި ބޮޑު ބަދަލެއް އައިސްފިއެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުގެ އަދަދު މިވަނީ 242 އަށް އަރާފައެވެ. ކުރީ ދުވަހު މިއަދަދު އުޅެނީ 96ގައެވެ.

ތަފާސް ހިސާބުތަކަށް ބަލާލި ނަމަވެސް މިއީ މިވަރުގެ ބޮޑު ބަދަލެއް ފެނިގެން ދިޔަ ފުރަތަމަ ފަހަރެވެ. ނިސްބަތުން ބަލާނަމަ އަދަދު އުފުލެމުން ދިޔައީ މަދު އިތުރުވުމަކުންނެވެ. ނަމަވެސް ކުއްލިއަކަށް ވަރަށް ބޮޑު ބަދަލެއް މިވަނީ އައިސްފައެވެ.

މިއާއެކު މި ވައިރަހުގައި ޗައިނާއިން މަރުވި މީހުންގެ އަދަދު މިވަނީ 1355 އަށް އަރާފައެވެ.

ފާހަގަކޮށްލެންޖެހޭ އަނެއް ކަމަކީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މި ވައިރަހުގައި މަރުވި 242 މީހުންވެސް މަރުވެފައިވަނީ މި ވައިރަސް ފެނުނު "ގްރައުންޑް ޒީރޯ" ކަމުގައިވާ ހުބެއި ޕްރޮވިންސުން ކަމެވެ.

ފާއިތުވި 24 ގަޑިއިރު އައި ބަދަލާއެކު މި ވައިރަހަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދަށްވެސް މިވަނީ ބޮޑު ބަދަލެއް އައިސްފައެވެ. އެގޮތުން މިހާރު މި ވައިރަހަށް ޕޮޒިޓިވް ވެފައިތިބި 60 ހާސް މީހުން ތިބި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ދުނިޔޭގެ 28 ގައުމަކަށް މި ވައިރަސް މިހާރު ފެތުރިފައިވީނަމަވެސް އެ ގައުމުތަކުގައި މި ވައިރަސް ވަނީ ފުދޭވަރަކަށް ކޮންޓްރޯލު ކޮށްފައެވެ. ޗައިނާއިން ބޭރުން މި ވައިރަހުގައި މިހާތަނަށް މަރުވެފައިވަނީވެސް އެންމެ ދެ މީހުންނެވެ.

މި ވައިރަހަށް ރާއްޖެވެސް ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އެގޮތުން އެއާޕޯޓުތަކުގައި ތާމަލް ކެމެރާ ހަރުކޮށް ރާއްޖެ އެތެރެވާ ފަތުރުވެރިން މޮނީޓަރ ކުރަމުން އަންނައިރު، ދިމާވެދާނެ ކުއްލި ހާލަތަކަށް ދުރާލާ ތައްޔާރުވެ، ރާއްޖެއިން ވަނީ ކަރަންޓީނު ފެސިލިޓީތަކެއްވެސް ގާއިމްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް