ރާއްޖޭގެ އެކި ކަންކޮޅުތަކުން މެމްބަރުން އަންނަނީ ގުޅެމުން: އެންއާރުޕީ

ރާއްޖޭގެ އެކި ކަންކޮޅުތަކުން މެމްބަރުން އަންނަނީ ގުޅެމުން ކަމަށާއި ޕާޓީ ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާކަމުގައި ނެޝަނަލް ރިފޯމް ޕާޓީ އުފެއްދުމުގައި އިސްވެ އުޅުއްވާ އައްޝައިޙް...

13 Feb 2019 | 17:37

ރާއްޖޭގެ އެކި ކަންކޮޅުތަކުން މެމްބަރުން އަންނަނީ ގުޅެމުން ކަމަށާއި ޕާޓީ ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާކަމުގައި ނެޝަނަލް ރިފޯމް ޕާޓީ އުފެއްދުމުގައި އިސްވެ އުޅުއްވާ އައްޝައިޙް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ޝައިޙް ދީދީ ވިދާޅުވީ މެމްބަޝިޕް ފޯމު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޮނުވަމުން އަންނަކަމަށެވެ. އެކި ކަންކޮޅުތަކުން މެމްބަރުން ގުޅެމުންވެސް އަންނަކަމަށެވެ.

ޝައިޚް ދީދީ ވިދާޅުވީ އިލްމީ އަދި ގާބިލު ބޭފުޅުން އެ ޕާޓީއާއި ގުޅެމުން އަންނަ ކަމަށެވެ. އަދި ހުރިހާ ފަރާތަކަށްވެސް އެ ޕާޓީއާއި ގުޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައިކަމުގައިވެސް ޝައިޚް ދީދީ ވިދާޅުވިއެވެ.

ޝައިޚް ދީދީ އިތުރަށް ވިދާޅުވީ އެ ޕާޓީއާއި ގުޅެން ބޭނުންވާ ފަރާތްތަކުން އެ ޕާޓީއާއި ގުޅާލުމުން ފޯމު ފުރުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް