ތައި އައު އަހަރު ފާހަގަ ކުރުމުގެ ގޮތުން ތައިލެންޑްގައި އެންމެ ކުލަ ގަދަކޮށް ކުރާ ކަމަކީ ފެންކުޅި ކުޅުމެވެ. ކުދި ބޮޑު އެންމެން މިކަމުގައި ސާމިލުވާއިރު މީގެ ކުރިން ކޮންމެ އަހަރަކު ލިބެނީ އާންމުގޮތެއްގައި ތިން ދުވަހެވެ.
ނަމަވެސް މި އަހަރު އެ ގައުމުގެ ކެބިނެޓުން ފާސްކޮށްފައިމިވަނީ ފަސް ދުވަހަށް ބަދަލު ކުރުމަށެވެ.
އެގޮތުން މި ފެން ޗުއްތީ އޭޕްރީލް 12 އިން 16 އަށް ކުރިއަށްދާނެ ކަމަށް ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ އެ ދުވަހު ބޭންކުތަކާއި އެހެނިހެން ހިދުމަތްތައް ދޭ ތަންތަން ހުޅުވުމާއި ހިދުމަތް ދިނުމާއިމެދު ގޮތެއް ނިންމާނީ އެ ބަޔަކު އަމިއްލައަށް ކަމަށެވެ. ބަންދު ކުރުން މަޖުބޫރު ނޫން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް