ޒުވާނުން މިއުޒިކު އަޑުއަހަނީ މާ އަޑު ބާރުކޮށް – ބީރުވުމުގެ ފުރުސަތު އިންތިހާ ބޮޑު: އދ

ޒުވާން ކުދިން އަޑު ބާރުކޮށް މިއުޒިކު އަޑުއެހުމުގެ ސަބަބުން ބީރުވުމުގެ ފުރުސަތު އިންތިހާއަށް ބޮޑުކަމުގައި އދ ގެ ސިއްހަތާއިބެހޭ އެޖެންސީ، ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ފާހަގަކޮށްފިއ...

13 Feb 2019 | 05:34

ޒުވާން ކުދިން އަޑު ބާރުކޮށް މިއުޒިކު އަޑުއެހުމުގެ ސަބަބުން ބީރުވުމުގެ ފުރުސަތު އިންތިހާއަށް ބޮޑުކަމުގައި އދ ގެ ސިއްހަތާއިބެހޭ އެޖެންސީ، ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ފާހަގަކޮށްފިއެވެ.

ޑަބްލިއުއެޗްއޯއިން އިއްޔެ ބުނެފައިވަނީ ދުނިޔޭގައި މިހާރު 466 މިލިޔަން މީހުންނަށް އަޑު އިވުމުގެ ދަތިކަމާ ކުރިމަތިލާން ޖެހިފައިވާކަމަށާއި 2010 ވަނަ އަހަރު އެ އަދަދު 360 މިލިޔަނުގައި އުޅުނު އިރު 2050 ގައި އެ އަދަދު 900 މިލިޔަނަށް އަރާނެކަމުގައި އަންދާޒާ ކުރެވޭކަމަށެވެ. އެއީ ކޮންމެ 10 މީހަކުން އެކަކު ކަމުގައި ފާހަގަކޮށްފައިވެއެވެ.

"ގާތްގަނޑަކަށް 1 ބިލިޔަން މީހުން މި ވަނީ މިކަމުގެ ނުރައްކަލުގައި، މިކަން މި ދިމާވާ އެންމެ ބޮޑު ސަބަބަކަށް މިވަނީ އެންމެ ގަޔާވާ އެއް ހަރަކާތް ކަމުގައިވާ، ހެޑް ފޯނުން އަޑު ބާރުކޮށް މިއުޒިކް އަޑުއެހުމުން" ޑަބްލިއުއެޗްއޯގެ ޕްރެވެންޝަން އޮފް ޑެފްނަސް އެންޑް ހިއަރިން ލޮސް ޕްރޮގްރާމުން އިއްޔެ ބުނެފައިވެއެވެ.

އެ ޕްރޮގްރާމުން ބުނެފައިވަނީ މިއުޒިކް އަޑު އަހާ ޑިވައިސްތައް ކަމުގައިވާ ފޯނާއި އެފަދަ އެހެނިހެން އާލާތްތަކުގައި މިއުޒިކް އަޑު އޮޓޯއިން އެޖަސްޓް ކުރެވޭ ނުވަތަ މާ ގިނަ އިރު އަޑު ބާރުކޮށް މިއުޒިކް އަޑު އަހާނަމަ އެކަން ކޮންޓްރޯލު ކުރެވޭ ނިޒާމެއް ގާއިމް ކުރުމަށް އެފަދަ ތަކެތި އުފައްދާ ފަރާތްތަކުގެ ކިބައިން އެދޭ ކަމުގައިވެސް ޑަބްލިއުއެޗްއޯގެ އެ ޕްރޮގްރާމުން ބުނެފައިވެއެވެ.

މީގެ އިތުރުން ސްޓޭޑިއަމް، ރެސްޓޯރެންޓް އަދި ކޮންސެޓް ފަދަ ތަންތާނގައިވެސް އަޑު ގެންގުޅެންޖެހޭ ވަކި މިންގަނޑެއް ކަނޑައެޅުމުގެ ފްރޭމްވޯކެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމުގައިވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް