ސޯޝަލް މީޑީއާގައްޔާއި ބޮލީވުޑް ހަބަރުތައް ގެނެސްދޭ ބޮޑެތި ނޫސްތަކުންވެސް ދައްކަނީ މި ތަރިއެއްގެ ވާހަކައެވެ. 2011 ވަނަ އަހަރު ޕްޔާރުކާ ޕަންޗުނާމާއިން ފެށިގެން މިދިޔަ އަހަރު ރިލީޒް ކުރި ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީއާއި ހަމައަށް ބޮޑު ހަ ފިލްމު ކުޅެފައިވާ ބޮލީވުޑް ބަތޮލު ކާރތިކް އާރްޔާންގެ ވާހަކައެވެ.
ކާރތިކް މިހާރު ކުޅެމުން އަންނަ ލުކާ ޗުޕީގެ ޓްރެއިލަރ އާންމުކޮށްފައިވާއިރު މަސައްކަތް ފަށާފައިވާ ޕަތީ ޕަތުނީ އޯރު ވޯހ ގެ ފުރަތަމަ ފެނިލުން (ޕޯސްޓަރު)ވެސް މިވަނީ އާންމުކޮށްފައެވެ.
އެއާއެކު ބޮލީވުޑްގެ ބޮޑެތި ތަރިންނާއި ވަރުގަދަ ޑިރެކްޓަރުންނާއި ޕްރެޒެންޓަރުންވެސް އަންނަނީ ކާރތިކްގެ ވާހަކަ ދައްކައި އޭނާއަށް ތާއީދު ފާޅުކުރަމުންނެވެ. އެގޮތުން ޑައިރެކްޓަރު ކަރަން ޖޯހަރާއި ބަތޮލާ ސޮނާކްޝީ ސިންހާ ވަނީ ކަރތިކްގެ ވާހަކަ ވަރަށް ގަދައަށް ދައްކާފައެވެ.
ޕްރޮޑިއުސަރު އެކްތާ ކަޕޫރުވެސް މިވަނީ މި ލިސްޓަށް އަރާފައެވެ. އެކްތާ ވަނީ އާރްޔަންގެ ފޮޓޯތަކާއެކު ސޯޝަލް މީޑީއާގައި ޕޯސްޓެއް ކޮށްފައެވެ. އެކްތާ ބުނެފައިވަނީ ކާރތިކާއި ގަޔާވާކަމަށާއި އެއް ލޯ މަރާލާ މަންޒަރު ވަރަށް ކަމުދާ ކަމަށެވެ. އެކްތާގެ އެ ޕޯސްޓަށް ކަރތިކް ދިން ރައްދުގައި ބުނެފައިވަނީ ދެމީހުންގެ ޗޮއިސް ވަރަށް އެއްގޮތް ކަމަށާއި އެކްތާގެ އެއްލޯ މަރާލުންވެސް ސަޅި ކަމަށެވެ.
ކާރތިކް އެންމެ ފަހުން ކުޅުނު ފިލްމު ސޯނޫ ކޭ ޓީޓޫ ކީ ސްވިޓީގައި އޭނާ ކުޅެފައިވާ ރޯލަށް ބޮޑު މަގުބޫލުކަމެއް ލިބިގެން ގޮސްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް