ވަޒީފާ އަދާކުރުމަށް ރާއްޖެއަށް މީހުން ފޮނުވުން މަޑުޖައްސާލުމަށް ބަންގްލަދޭޝްގެ އެކްޕޭޓްރިއެޓްސް ވެލްފެއަރ އެންޑް އޯވަސީސް އެމްޕްލޯއިމަންޓް މިނިސްޓްރީ (އީޑަބްލިއުއޯއީ)، އެޖެންސީތަކަށް އިލްތިމާސް ކޮށްފިއެވެ.
ރިޕޯޓްކޮށްފައިވާގޮތުގައި ވަކި ފަރުދުންނާއި އެޖެންސީތަކަށް މިގޮތަށް އެ މިނިސްޓްރީން އިލްތިމާސް ކޮށްފައިވަނީ ރާއްޖޭގައި ހުންނަ ބަންގްލަދޭޝް އެމްބަސީގެ އެދުމުގެ މަތިންނެވެ.
އީޑަބްލިއުއޯއީން ރާއްޖޭގައި ހުންނަ ބަންގްލަދޭޝް އެމްބަސީއާއި ހަވާލާދީ ބުނެފައިވާގޮތުގައި ރާއްޖޭގައި ބިދޭސީންނަށް ވަޒީފާގެ ދަތިކަން އެބަ އޮތެވެ. އެހެންކަމުން އެތައް ބިދޭސީއެއް ވަޒީފާ ނެތި އުޅޭކަމަށް ބުނެފައިވެއެވެ.
ވަޒީފާއަށް މީހުން ފޮނުވުން މަޑުޖައްސާލަން މައީޑަބްލިއުއޯއިން އިލްތިމާސްކޮށްފައިވާއިރު ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް އިމިގްރޭޝަނުން މިވަނީ ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް